"ވީރޭ ދީ ވެޑިން" ގެ ސީކުއަލް ގެ މަސައްކަތް އަންނައަހަރު

"ވީރޭ ދީ ވެޑިން" ގެ ސީކުއަލް ގެ މަސައްކަތް އަންނައަހަރު

Author
ފާތިމަތު ނާވީ
06 އޮގަސްޓް 2023 08:24
0

2018 ވަނަ އަހަރުގެ ރިލީޒް ކުރި ކާމިޔާބު ފިލްމް "ވީރޭ ދީ ވެޑިން" ގެ ސީކްއެލްގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމްގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ. މި ފިލްމް އަކީ 4 އަނަހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމްއެކެވެ.

"ވީރޭ ދީ ވެޑިން" އަކީ ޝަޝަންކާ ގޯސް ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ މައިގަނޑު ރޯލުތައް ކުޅުނީ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރްގެ އިތުރުން ޝިކާ ތަލްސާނިއާ އެވެ.

އެންމެ 28 ކްރޯޑް ރުޕީސް (3.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 139 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.