"ތާލީ" އަންނަ މަހު

"ތާލީ" އަންނަ މަހު

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2023 02:21
0

ބޮލީވުޑްގެ މަޝްހޫރުު ބަތަލާ ސުޝްމީތާ ސެންގެ ކުރިއަށް އޮތް ވެބް ސީރީޒް "ތާލީ" ޕްރިމިއާ ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

ސުޝްމީތާގެ އާ ވެބް ސީރިޒް ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައިއެވެ. މި ވެބް ސީރީސް ގެނެސްދޭން ހަމަޖެހިފައި ވަނީ ޖިއޯ ސިނެމާ ޕްލެޓްފޯމުންނެވެ.

މީގެ ކުރިން ސުޝްމީތާ ވަނީ "އާރިޔާން" ކިޔާ ވެބް ސީރީޒް އަކުން ވެސް ފެނިގެން ގޮސްފައިއެވެ. މި ބެސް ސީރީޒް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ވެބްސީރިޒްއެކެވެ. އެހެން ކަމުން ތާލީ އަށް ކުރެވޭ އިންތިޒާރު ބޮޑެވެ.

 

View this post on Instagram

 

A post shared by JioCinema (@officialjiocinema)

ކުރީގެ މިސް ޔުނިވާސް އަދި އުމުރުން 47 އަހަރުގެ ކުޅަދާނަ ބަތަލާ މި ވެބްސީރީޒް ގައި ކުޅެފައިވަނީ ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތުގެ ރޯލެވެ. މި ރޯލު ކުޅުމަށް ސުޝްމިތާ ވަނީ ހަށިގަނޑަށްވެސް ބަދަލުތަކެއް ގެނެސްފައިއެވެ. އެގޮތުން އޭނާ ވަނީ ބަރުދަށް އިތުރުކޮށްފައިއެވެ.  "ތާލީ" ޑައިރެކްޓްކޮށްފައި ވަނީ ރަވީ ޖާދަވު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.