ޑްރާމާ ސިލްސިލާތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އެކްޓަރު ޕާތް ސަމްތާން ގެ ފުރަތަމަ ބޮލީވުޑް ފިލްމްގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމަކީ އެކްޓަރު ސަންޖޭ ދަތު ޕްރޮޑިއުސްކޮށް، އޭނަ ވެސް މުހިއްމު ރޯލެއް ކުޅޭ "ގުޅްޗަޅީ" އެވެ. މީ ޕާތް ބޮލީވުޑްއަށް އަށް ތައާރަފްވާ ފިލްމްއެވެ. ފިލްމް ގެ ޝޫޓިން ނިމުން ކަން ޕާތް ވަނީ އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިއެވެ. އަދި މި ފިލްމްއިން ބުޝަންގެ ކޮއްކޮ ކުޝާލީ ކުމާރު ވެސް ފެންނާނެ އެވެ.
މި ފިލްމް ގެ ކާސްޓުގައި ރަވީނާ ޓަންޑަން ވެސް ހިމެނެއެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން ހަދާ "ގުޅްޗަޅީ" އަކީ ބިނޯއި ގާންދީ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ.
"ކަސޯޓީ ޒިންދަގީ ކީ" "ގުމްރާހު: އެންޑް އޮފް އިނޮސެންސް"، "ޔޭ ހޭ އާޝިގީ" އަދި "ކެއިސީ ހޭ ޔާރިޔާން" ފަދަ މަޝްހޫރު ޑްރާމާ ތަކުން ޕާތް ވަނީ ބެލުންތެރިންގެ ލޯބި ވަރަސް ބޮޑަށް ހޯދައިފައިއެވެ.
ކޮމެންޓު ފޮނުވާ