"ސަނަމް ތޭރީ ކަސަމް"ގެ ސީކުއެލްއެއް

"ސަނަމް ތޭރީ ކަސަމް"ގެ ސީކުއެލްއެއް

ހަރްޝްވަރްދަން ރާނޭ އާއި މައޫރާ ހޮކާންގެ ރޮމޭންޓިކް ޑްރާމާ "ސަނަމް ތޭރީ ކަސަމް" ގެ ސީކުއެލްއެއް ގެނެސްދޭން އުޅޭ ކަމުގެ އިޝާރާތެއް އޭގެ ލީޑު އެކްޓަރު ހަރުޝްވަރުދަން ރާނޭ  ދީފި އެވެ.

ރާނޭ ބުނީ އެ ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ ވަރަށް ފަހު އޭނާއަށް ގުޅައި ފިލްމެއްގެ މަސައްކަތްކުރާ ކަމަށް ބުނި ކަމަށެވެ. ރާނޭ މި ހަބަރު ހިއްސާ ކުރި އިރުގައި މި ފިލްމްގެ ސީކުއަލް ގެ ވާހަކަ ފިލްމް ރިލީޒް ކުރިތާ ކުރީ ކޮޅުގައިވެސް ދެކެވުނެވެ.

 

"ހަގީގަތުގައި ވެސް އަހަރެމެން ވަރަށް އުފާވޭ މި ފިލްމުގެ އިތުރު ބައެއް ނެރެވޭތީ" މި ހަބަރު ކަށަވަރުކޮށްދެމުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އޭގައި އާ ކަންތައްތަކެއް ވެގެންދާނެ އެވެ. ފުރަތަމަ އައުޓިންގައި މައޫރާގެ ކެރެކްޓާ މަރުވުމުން ހަރްޝްވަރްދަން ރާނޭގެ ކެރެކްޓާއަށް ވާނެ ގޮތެއް ކިޔައިދޭނެ އެވެ. މި ގޮތަށް އެއް ފިލްމް އަނެއް ފިލްމާއި ވަނީ ގުޅުވާލެވިފަ އެވެ.

ރާނޭ އާއި މަވްރާ ހޮކޭން ލީޑުން ފެނުނު، 2016 ވަނަ އަހަރު ގެނެސްދިން "ސަނަމް ތޭރީ ކަސަމް" އަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމަކަށް ވިޔަސް، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *