ސައުތުގެ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ" ގެ ހިމެނޭ 'އައިޓަމް ސޯންގ' "ކާވާލާ" ގެ ހިންދީ ވާޝަން ލޯންޗްކޮށްފި އެެވެ.
"ތޫ އާ ދިލްބަރާ" ގެ ނަން ދީފައިވާ ލަވަ ލޯންޗްކޮށް ދިނީ ތަމަޅަ ލަވައިގައި ވެސް ކެޗީ ނެށުންތަކެއް ދައްކުވައި ދިން ބަތަލާ ތަމަންނާ ބާޓިއާ އެވެ. "ކާވާލާ" މި ލަވަ އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ވެގެން ގޮސްފައިވާ ލަވައެކެވެ.
"ކާވާލާ" ގައި ދައްކުވައިދިން ނެށުމާ އެކީ އޭނަ، ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައިއެވެ. ވަރުގަދަ ނެށުންތަކެއް ފެނިގެންދާ މި ލަވަ އަކީ އެފްރިކަން ސްޓައިލްއަށް ވަރަށް ފޯރިގަދަކޮން ހަދައިފައިވާ ލަވައެކެވެ.
ގިނަ ބައެއްގެ ސަމާލުކަން ލިބުނު "ކާވާލާ" ލަވައިގެން ހިންދީ ވާޝަން ނެރުނު އިރު، ނެލްސަން ޑައިރެކްޓްކޮށްފައިވާ ތަމަޅަ ފިލްމު "ޖެއިލާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ.
ކޮމެންޓު ފޮނުވާ