އަނގަޔާއި އަތާ ދިމާވާން އޮތީ ގާސިމަށް ފުރުސަތު ދީގެން: ނަވާޒު

އަނގަޔާއި އަތާ ދިމާވާން އޮތީ ގާސިމަށް ފުރުސަތު ދީގެން: ނަވާޒު

Author
މުޙައްމަދު ޝަޒައިމް
01 އޮގަސްޓް 2023 09:21
0

ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރުއޮތް ގޮތުން އަނގަޔާއި އަތާއި ދިމާވާން އޮތީ ޖުމްހޫރީ ޕާތީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްގެން ކަމުގައި ޤާސިމްގެ ސްޕެޝިއަލް އެޑްވައިޒަރު ނަވާޒް ވިދާޅުވެއްޖެއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސްޕެޝިއަލް އެޑްވައިޒަރު ނަވާޒް ވިދާޅުވީ، 2018ގައި މި ސަރުކާރުން ވެރިކަމަށް އައުމަށް ވެވެޑައިގެންނެވި އެންމެ މުހިންމު ވައުުދުފުޅަކީ ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދޭނެކަމުގެ ވައުދުކަމަށެވެ. ރާއްޖޭގައި ހިނގާފައިވާ ގޮތްނޭންގޭ މަރުތަކުގެ ތަހުގީގު ހިންގައި އޭގެ ތަފްސީލް ރާއްޖޭގެ އެންމެނަށް ހިއްސާ ކުރައްވާނެކަކަމުގެ ވާހަކަކަމަށެވެ. ވެރިކަން ނިމެން އެންމެ 40 ދުވަހަށް ވީއިރުވެސް، އިންސާފު ހޯދައިދޭންބުނި އެއްވެސް ކަމަކަށް އިންސާފު ލިިބިފައި ނުވާކަމަށާއި، އެކަންވެސް ކެރިގެން ކުރައްވޭނެ ކެންޑިޑޭޓަކީ އޮނަރަބަލް ގާސިމް އިބްރާހީމްކަމަށް ނަވާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގައިދިޔަ ކޮރަޕްޝާނައި ގުޅުހުން ހުރި ކަންކަން ހައްލުކޮށްދެއްވުމަށް ގާސިމް ވިދާޅުވަނީ ރާއްޖޭގައި ހިނގާ ކޮރަޕްޝަނާއި ވައްކަމަށް އެއްވެސް ހިސާބެއްގައި ފުރުސަތެއް ނުދެނެމޭ. ދެންވެސް އަޅުގަނޑުމެންގެ އަނގަޔާއި އަތާ ދިމާވާން އޮތީ ގާސިމަށް މިފަހަރު ފުރުސަތު ދީގެން. އެމަނިކުފާނުގެ ވަރަށް ބޮޑު ވައުދުފުޅެއް ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކީ. ފްލެޓް ހިލޭދޭނެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ އެމަނިކުފާނުގެ ތަސައްވަރު. އަޅުގަނޑަށް ޔާގީންވާކަމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގާސިމްގެ ވެރިކަމެއްގައި ޝަކުވާކުރާނެ އެއްވެސް ފުރުސަތެއް ލިބިގެން ނުދާނެއޭ.

– ނަވާޒް ވިދާޅުވިއެވެ.

"ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދިޔަ ޖަލްސާގައި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެވަޑަިއގެންފައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުނން ވަނީ ޤާސިމް ވެރިކަމަށް ހޮވަންވީ ސަބަބާއި މުހިންމުކަން ހިއްސާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްމަދު
ބަލަމިހިރަ ލާރިނަބާ އޭޓީއެމް ބުރާންޗާ މިހާރުވެސް އަނގަޔާއަ އަތާދިމާވެޔޭ.. ކޮންއެދުމެއް ކަލޭގެއޮތ
އ އިއްބެ
ބަލަމޮޔައާރިޒުޤުފެއްވަނީﷲއެވެއރއީޤާސިމުދޭއެއްޗެއްނޫނެވެ
އ އިއްބެ
ދެންހުރިހައިވެރިކަމެއްގައިރައްޔިތުންތިބީބަނޑަށްޖެހިބަނޑައްމަރުވެފައިތަކެޕޭނުގައިވަޔަށްއުޅުނަސްކޮސްގޮވުމަކީހަޑިހުތުރުކަމެއް