އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަނީ!

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަނީ!

Author
ހުސެއިން
30 ޖުލައި 2023 12:42
0

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސާ އީވާ ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

އީވާއަކީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އުޅުއްވި މެމްބަރުންގެ ތެރެއިން ނަޝީދު އެންމެ އިތުބާރުކުރައްވާ އެއް ބޭފުޅާއެވެ. އަދި އޭނާއަކީ ނަޝީދުގެ ގާތް ބޭފުޅެއްވެސް މެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެމްޑީޕީގަ ހުންނެވިއިރު، ރައީސް ސާލިހުގެ ރަނިން މޭޓަކަށްވެސް އީވާ ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާފައި ވެއެވެ.

އިވާ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން މަޖިލިސް މެމްބަރުކަން ކުރައްވަމުންނެވެ. އަދި މި ދައުރު ފެށުމަށްފަހު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްކަމުގައެވެ. މިއީ އޭނާ މަޖިލިސް މެމްބަރުކަން ކުރާ 3 ވަނަ ދައުރެވެ.

އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހަށް މިހާރުވަނީ އޭނާ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދޮންކަލޯ
ހަދާނަށް އަންނަނީ މައުމޫނު ޒަމާނުގައި މައުމޫނަކީ ގިނަ ފޮށިތަކަކުން 100 ޕަސެންޓް ވޯޓުނެގި މީހެއް މިއަދު އެއުޅެނީ 3000 މީހުން ހަމަ ނުވެގެން. ކެނަރީވެރިކަންވެސް މައުމޫނު ހިނގި މަގުން ހިބގާތަން މިފެންނަނީ .