ރާއްޖޭގައި ދިރިއުޅޭ މޫނުބުރާ އަޅާ އަންހެނުންގެ ހައްގުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ. މޫނުބުރުގާ އަޅައިގެން ތިބި އަންހެނުންގެ ގުރޫޕަކުން މިއަދު އިހުތިޖާޖު ކޮށްފައިވަނީ ހަވީރު 4:15ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.
މިއިހުތިޖާޖުގެ ބައިވެރިން ވަނީ، މޫނު ބުރުގާ އަޅާއިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ ހައްގުގައި އަޑު އުފުލާފައެވެ. އަދި އެމީހުން ވަނީ ތައުލީމު ދިނުމަށް ހުރަސްއެޅޭގޮތަށް، ދެގޮތަށް މާނަ ކުރެވޭގޮތަށް ގާނޫނުގައި އޮންނަކަމަށް ބުނާ މާއްދާއެއް އުވާލުމަށްވެސް އަޑު އުފުލާފައެވެ.
މޫނުބުރުގާ އަޅާ ފަރާތްތަކުން މިއަދު އިހުތިޖާޖު ކޮށްފައިވަނީ، ޓީޗަރުންގެ އާ އުސޫލީ މިންގަޑު އެކަށައެޅިއިރު ތައުލީމީ ދާއިރާގެ ހަރަކާތްތައް ކުރިޔަށް ގެންދާއިރުއާއި ދަރިވަރުންނާއި މުއާމަލާތު ކުރާއިރު ހުންނަންވަނީ ތިމާއަކީ ކާކުކަން އެނގޭގޮތަށް ކަމަށް ބުނެފައި ވަނިކޮށެވެ. އަދި މޫނު ބުރުގާ އަޅާ މީހުން ބުނަމުންދަނީ މޫނު ބުރުގާ އަޅާ މީހުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރުން މަނާ ކޮށްފައިވާކަމުގައެވެ.
ޓީޗަރުންގެ އުސޫލީ މިންގަޑަށް މި ގެނައި ބަދަލާއެކު ގިނަ ބައެއްގެ ފާޑުކިއުންވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒު ވެފައެވެ.
އެޑިއުކޭޝަނުން ތައްޔާރު ކޮށްފައިވާ އުސޫލުގައި ވާގޮތުން، އެކީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތު ކުރުމުގައި ވެސް ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެންނެވެ.
ކޮމެންޓު ފޮނުވާ