މިނިވަން އުފާ ކާނިވަލް ފަސްކޮށްފި

މިނިވަން އުފާ ކާނިވަލް ފަސްކޮށްފި

Author
ހުސެއިން
28 ޖުލައި 2023 11:20
0

މާލޭ ސަރަހައްދުގައި ފެތުރެމުންދާ ބަލިމަޑުކަމާއި ގުޅިގެން، މިރޭ ބޭއްވުމަށް ހަމަޖެއްސި މިނިވަން އުފާ ކާނިވަލް ހުޅުވުން ފަސް ކޮށްފިއެވެ.

މާލޭ ސަރަަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރެންފެށީ ރެއާއި މިއަދުއެވެ. މިގޮތުން މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން މިއަދުވަނީ ފަރުވާ ހޯދަން ޖެހިފައެވެ. އަދި މާލޭގެ ހޮސްޕިޓަލްތައް މިއަދު ވަނީ ފަރުވާ ހޯދަންދާ ކުދިން ގިނަވެ، ފުރިފައެވެ.

މާލޭ ސަރަަހައްދުގައި ބަލިމަޑުކަން ފެތުރެމުން ދިޔަނަމަވެސް، މިއަދު ވަރަށް ހަވީރުވުމާއި ހަމައަށްވެސް ކާނިވަލް ކެންސަލް ކޮށްފައި ނުވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.

ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ.

ހޯމް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އެއަށްފަހު ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭރަށް ހިންގުމާ ހޮޑުލުން އިތުރުވަމުންދާތީ އެޗްޕީއޭގެ ލަފާގެމަތިން، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ރާވާފައޮތް ކާނިވަލް ހުޅުވުން ފަހުގެ ތާރީޚަކަށް ފަސްކޮށްފި ކަމުގައެވެ. އަދި މިހާލަތުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދަށް ތަބާވުން އެދޭކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

މިނިވަން އުފާ ކާނިވާ ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އާބަންކޯއިންވެސް ވަނީ އެޗްޕީއޭގެ ލަފާގެމަތިން ކާނިވާ ހުޅުވުން ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މިނަވަންދުވަހުގެ ފުޅަންދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. އަދި އެގަޑިގައި މިނިވަން އުފާ ކާނިވާ ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކާނިވާ ހުޅުއްވާދެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ސާލިހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.