މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިން ހޮސްޕިޓަލްތަކުން ފަރުވާ ހޯދަނީ!

މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިން ހޮސްޕިޓަލްތަކުން ފަރުވާ ހޯދަނީ!

Author
ހުސެއިން
28 ޖުލައި 2023 10:40
0

މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން މިއަދު ފަރުވާ ހޯދަން ޖެހިއްޖެއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމުގައިވާ އަހުމަދު ފައިސަލް ވިދާޅުވެފައިވަނީ މުޅި މާލެ އޮތީ ހޮޑު ލުމުގައި ކަމަށާއި، ހޮޑުލާ ކުދިން ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައި ކަމުގައެވެ.

އަދި އޭނާވަނީ، މިހާލަތުގައި ސިއްޙީގޮތުން އަމަލު ކުރަންޖެހޭނޭ ގޮތުގެ އިރުޝާދު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް، އޭޑިކޭ އަދި ސެނަހިޔާގެ އީއާރުންވެސް ގިނަބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ކުއްލިގޮތަކަށް މާލޭގައި ހޮޑު ލުމާއި ބޭރަށް ހިންގުން އާންމު ވެގެންދިޔަ ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް، ބައިބޯވެ ތޮށްޖެހިފައިވާ މާލެއަކީ އަބަދުވެސް ދޭތެރެދޭތެރެއިން އެކިއެކި ބަލިމަޑުކަން އާންމު ވާ ތަނެއްކަން ފާހަގަ ކޮށްލެވެއެވެ.

މިހާރު މާލެއަށް އާންމުވަމުންދާ ބަލިމަޑުކަމާއި ގުޅޭގޮތުން އެޗްޕީއޭއިން އަދި ހެލްތު މިނިސްޓްރީންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.