އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަކުގައި ފަރުވާދެމުންދިޔަ ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެގެން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ކުއްޖާއަކީ 5 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި، ބަލި ކުއްޖާއާއި ދެ އެހީތެރިން މިއަދު ހަވީރު ހެލިކޮޕްޓަރުގައި މާލެ އައުމަށް ފުރީ 4:15 ގައި ކަމުގައެވެ. މި މެޑިކަލް އިވެކުއޭޝަން ހަމަޖައްސާދީފައިވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުންނެވެ.
މި ކުއްޖާއަށް ކުރިމަތިވި ސިއްޙީ މައްސަލަތަކާއި ގުޅޭ އިތުރު މައުލޫމާތު ލިބިފައެއް ނުވެއެވެ.
ރަށްރަށުގައާއި އަދި ކަނޑުމަތީގައި ކުރިމަތިވާ މިފަދަ ސިއްޙީ ކުއްލި ހާލަތުގައި އެމްއެންޑީއެފްއިން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ކޮމެންޓު ފޮނުވާ