ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް، ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ، މާލޭގައި ހިންގަމުން ދިޔަ އެލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއާއި، އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި، އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ހިތާދޫއަށް ނިސްބަތްވާ 39 އަހަރުގެ ދިވެހި ފިރިހެނަކާއި، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއްގެ އިތުރުން، ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ ދެ އަންހެނަކާއި، ސްރީ ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެެނެކެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ދިވެހިންވެސް ހިމެނެއެވެ. އެއީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ