ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެލާ ޑެމެޓްރިއޭޑްސް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މީއީ މި ދެ ލޯބިވެރިންގެ ގެ ދެވަނަ ދަރިފުޅެވެ.
ބްރާސްފަތި ދުވަހުގައި ގެބްރިއެލާ ވިހައފައިވާއިރުގައި އަރުޖުން ވަނީ އެމީހުންނަށް ފިރިހެން ކުއްޖަކު ލިބުނު ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައިއެވެ. އެއާއި އެކުގައި ގިން ބަޔަކު ވަނީ އެދެ ލޯބިވެރިންނަށް ތަހުނިޔާ ކިޔައި ކޮމެންޓް ކޮށްފައިއެވެ.
އަރްޖުން ރާމްޕާލް އާއި ގެބްރިއެލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެދެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ 2019 ވަނަ އަހަރުގައިއެ ވެ. އެކުއްޖާގެ ނަމަކީ އާރިކްއެވެ. މީ ގެބްރިއަލްގެ ދެވަނަ ދަރިފުޅު ނަމަވެސް މީގެ ކުރިން ކުރި ކައިވެންޏަކަށް އަރުޖުން އަށް ވަނީ ދެ އަންހެން ކުދިން ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ