ސަލްމާން ގެ ވަރުގަދަ އިންޒާރެއް

ސަލްމާން ގެ ވަރުގަދަ އިންޒާރެއް

Author
ފާތިމަތު ނާވީ
22 ޖުލައި 2023 04:24
0

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން އާއި އޭނާގެ ޕްރޮޑަކްޝަން ހައުސް، ސަލްމާން ހާން ފިލްމްސް (އެސްކޭއެފް)ގެ ނަމުގައި ސްކޭމް ކުރާ މައްސަލަ ބޮޑުވެ އޭނާ ވަރުގަދަ އިންޒާރެއް ދީފިއެވެ.

ސަލްމާންގެ ފިލްމް ކުންފުނީގެ ނަމުގައި އަންނަނީ ސްކޭމް ކުރަމުނެނެވެ. ސްކޭމްތައް ކުރަނީ އޭނާގެ ފިލްމުތަކުގައި މަސައްކަތްކުރަން ފުރުސަތު ލިބުނު ކަމަށް ބުނެއެވެ. އެކަންތަށް މިހާރު މާބޮޑަށް ބޮޑުވެފައި ވާކަމަށާއި އަދި އެފަދަ ސްކޭމްތަށް ހިންގާނަމަ އެބަޔަކާއި މެދުގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ސަލްމާން ދީފައިއެވެ.

އަދި އޭނާގެ ނަމާއި އޭނާގެ ކުންފުނީގެ ނަން ބޭނުން ކޮށްގެން މިފަދަ ކަންކަން ނުކުރުމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި މި ކަމަކީ އެކަމުގެ ސަބަބުން އޭނާގެ ނަމަށް ހުތުރު ކުރާ ކަމެއްކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

އޭނާގެ ފިލްމް ކުންފުނި އެސްކޭއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަލްމާން އާއި އެ ޕްރޮޑަކްޝަން ހައުސް އިން މިވަގުތު އެއްވެސް އާ ފިލްމަކަށް ކާސްޓުން ނުހޯދާ ކަމަށެވެ. އަދި އެފަދަ މެއިލް ތަކަށް އާންމު ރައްޔިތުން ސަމާލު ވުމަށްވެސް ވަނީ ބުނެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.