އިޝިތާ އަށް ލިބުނީ ފިރިހެން ކުއްޖެއް

އިޝިތާ އަށް ލިބުނީ ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
22 ޖުލައި 2023 06:37
0

ހިންދީ ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވަޓްސަލް ސެތުއާއި އަންހެނުން އިޝިތާ ދައްތާ މައިންބަފައިންނަށް ވެއްޖެއެވެ. އެދެމީހުންވެސް އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާއިފައި ވަނީ ބުދަދުވަހުގެ ވަގުތެއްގައިއެވެ.

މި ދަމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ވަޓްސަލް ވަނީ އޭނާގެ އިންސްޓަގްރާމުގައި ފޮޓޯއެއް ހިއްސާކޮށް އިޝިތާ ވިހެއިކަން ކަށަވަރު ކޮށްދީފައިއެވެ. އޭނާގެ ފޮޓޯއިން ދަރިފުޅުޅުގެ މޫނެއް ނުފެނެއެވެ.

 

View this post on Instagram

 

A post shared by Vatsal Sheth (@vatsalsheth)

އިޝިތާ އާއި ވަޓްސަލް ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އިޝިތާ ބަނޑުބޮޑުވިކަން އެމީހުން ވަނީ އިންސްޓަގްރާމްގައި އިއުލާނުކޮށްފަ އެވެ. މީ މި ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

އިޝިތާ އަކީ މިދިއަ އަހަރު ދެއްކި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ދްރިޝްޔަމް 2″ ގައި މުހިންމު ރޯލަކުން ފެނިގެން ދިއަ ތަރިއެކެވެ. މި ދެތަރިން އެކުގައި ވަނީ "ރިޝްތޯކާ ކާ ސައުދާގަރް- ބާޒިގަރް" ކިޔާ ސިލްސިލާ ޑްރާމާއަކުން ފެނިގެން ގޮސްފައިއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.