މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ފިލްމްއެއް ކުޅެން ނިންމައިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ. ރާޖް ކުޅެނީ އޭނާގެ އަމިއްލަ ހަޔާތާއި ގުޅޭ ފިލްމްއެކެވެ.
މިޑިއާތަކުން ބުނި ގޮތުގައި މިއީ 2001 ވަނަ އަހަރު ގައި ބަރަހަނާ ފިލްމު ހަދައި، އެއިން ބޮޑު އާމްދަނީއެއް ހޯދި ކަމަށް ބުނާ މައްސަލަތަކެއް ފަޅާ އަރައި، ހައްޔަރުކޮށް، ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ޑައިރެކްޓްކުރާނެ މީހަކާއި ފިލްމާ ގުޅުން ހުރި އިތުރު މައުލޫމާތު ކުރިއަށް އޮތްތަަނުގައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މައުލުމާތު ލިބެއެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައި ދޭނީ އޭނަ އާރާ ރޯޑް ޖަލުގައި ހޭދަކުރި ދުވަސްތަކަށެވެ. އެމައްސަލައިގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ނިކުތް ފަހުން މުޅިންވެސް ފެނިގެން ގޮސްފައިވަނީ މޫނު ނިވާކޮށްގެންނެވެ.
އޭނާ ބޭރަށް ނުކުންނަ އިރުގައި އަޅާ ފާޑު ފާޑުގެ މޫނު ގަނޑުގަނޑު ވެގެން ގޮސްފައިވަނީ ވެސް މިހާރު ވަރަށް މަޝްހޫރު އެއްޗަކަށެވެ. އަދި އެ ޒާތްޒާތުގެ މާސްކު ތަކާއި އެކުގައި އޭނާ އުޅެމުން އަންނަތީ ގިނަ މަލާމާތްތަކެއްވެސް އަންނަނީ ލިބެމުންނެވެ.
ރާޖް އާއި ޝިލްޕާ ކައިވެނި ކުރީ 2009 ވަނަ އަހަރުގައިއެވެ. އަދި އެކައިވެނިން އެމީހުންނަށް ވަނީ ދެ ކުދިން ލިބިފައިއެވެ. އެއީ މިހާރު އުމުރުން 10 އަހަރުގެ ވިއާން އާއި 3 އަހަރުގެ ޝަމީޝާ އެވެ.
ކޮމެންޓު ފޮނުވާ