ރައީސް ސޯލިހް ކެމްޕޭނަށް ހއ އަތޮޅަށް

ރައީސް ސޯލިހް ކެމްޕޭނަށް ހއ އަތޮޅަށް

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2023 10:14
0

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.

ހއ.އަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ރައީސްގެ ކެމްޕޭން މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ.

އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައި ކޯލިޝަން ބައިވެރިންނާ އެކު ބޭއްވި ބޮޑު ޖަލްސާއެއްގައެވެ. ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ކަށަވަރުވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް، ޕްރައިމަރީ ކާމިޔާބު ކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.