ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ސަސްޕެންސް ތުރިލާ "މެރީ ކްރިމަސް" މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމިކަން އިއުލާންކޮށްފި އެވެ.
މިދިއަަހަރުގެ މެދުތެރޭގައި ޝޫޓިންގ ފެށި މި ފިލްމުގެ ބޮޑު ބައެއް މިހާރު ޝޫޓް ކޮށްފައިވާ އިރުގައި ކުރިން ފިލްމު ރިލީޒްކުރަން ތާވަލް ކޮށްފައި އޮތީ މި އަހަރުގެ ކްރިސްމަސް އަށެވެ. ކޮންމެ އަހަރެއްގައި ވެސް ކްރިސްމަސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ނަމަވެސް ފިލްމް ރިލީޒް ކުރާ ދުވަހާއި އެކުގައި މިހާރު ވަނީ ފިލްމް ގެ ފުރަތަމަ ޕޯސްޓަރު ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފައިއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 15 ގަ އެވެ.
"ރޭސް" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މޭރީ ކްރިސްމަސް" އަކީ ތުރިލާއެކެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ތިން ނެޝަނަލް އެވޯޑް ހޯދި 2018 ގެ ބްލެކް ކޮމެޑީ ކްރައިމް ތުރިލާ "އަންދާދުން" އެވެ.
"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.
ކޮމެންޓު ފޮނުވާ