އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އިތުރު ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ޝިފާނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދުން ފެށިގެންނެވެ.
އޭނާ ވަނީ އަދާކުރަމުން ދިޔަ މަގާމުން އިސްތިއުފާ ދެއްވައި ސިޓީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވާފައެވެ. ޝިފާން އަކީ 2019 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ވެސް ހާސިލު ކޮށްފައިވާ ބޭފުޅެކެވެ.
ޝިފާން ސަރުކާރުން އިސްތިއުފާ ދީފައިވާއިރު، މީސްމީޑިއާ އެކްޓިވިސްޓް އަދި ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ޝަމްޢޫނު ޖަލީލު (ލޫކަސް) ވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ސަރުކާރުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ