ވަގަށް ނަގާފައިވާ 356،000 ރުފިޔާގެ މުދާ ފުލުހުން އަތުލައިގެންފި

ވަގަށް ނަގާފައިވާ 356،000 ރުފިޔާގެ މުދާ ފުލުހުން އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2023 05:41
0

ވަގަށް ނަގާފައިވާ 356،000 ރުފިޔާގެ މުދާ ފުލުހުން އަތުލައިގެންފިއެވެ.

އެ ތަކެތި ހޯދީ ފުލުހުން ބުނި ގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކަކާ ގުޅިގެންނެވެ. ހޯދި ބައެއް ތަކެތި އެ ތަކެތީގެ ވެރިފަރާތްތަކާ މިހާރު ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަތައް ހުށަހަޅާފައި ވަނީ މިއަހަރުގެ މެއި އަދި ޖޫން މަހުއެވެ. ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި، އިލެކްޓްރޯނިކްސް ސާމާނާއި ސައިކަލުގެ އިތުރުން ފައިސާއާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ.

އެތަކެތީގެ އަގު ޖުމްލަ 356،000.ރ ައަށް އަރައެވެ. މި މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހަމާއެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.