މީނާ ކުމާރީގެ ބައޯޕިކް އިން މަނީޝް ޑައިރެކްޝަންއަށް

މީނާ ކުމާރީގެ ބައޯޕިކް އިން މަނީޝް ޑައިރެކްޝަންއަށް

Author
ފާތިމަތު ނާވީ
20 ޖުލައި 2023 06:10
0

ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ބެސްޓް ފްރެންޑް އަދި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފިލްމެއް ޑައިރެކްޓުކުރަން ނިންމައިފި އެވެ.

އެތަށް ފިލްމް އަކަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ މަނީޝް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް އަކީ ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކް ފިލްމެވެ.

މި ފިލްމްގައި މީނާ ކުމާރީގެ ރޯލުން ފެނިގެންދާނީ ބަތަލާ ކްރިތީ ސެނޮން ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އަދި ރަސްމީކޮން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ އެ ފިލްމުގެ މަސައްކަތް އޮތީ ސްކްރިޕްޓިން ސްޓޭޖުގައި ކަމަށްވެ އެވެ. އަދި ވަރަށް އަވަހަށް ފިލްމްގެ މަސައްކަތްތަށް ނިންމާލުމަށްފަހު އިއުލާން ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެބެއެވެ.

މި ފިލްމުގައި ދައްކާނީ އިންޑިއާ ސިނަމާގެ "ދަ ޓްރެޖެޑީ ކުއީން"ގެ ގޮތުގައި މަޝްހޫރުވި މީނާ ކުމާރީގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. ކެރިއަރުގައި 93 ފިލްމު ކުޅުނު އަދި އެންމެ 38 އަހަރުގައި ވަކިވެ ދިޔަ މީނާ ކުމާރީ އަކީ ހިންދީ ސިނަމާއިން ފާހަގަކޮށްލެވުނު އެންމެ ރީތި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ.

 

View this post on Instagram

 

A post shared by Manish Malhotra (@manishmalhotra05)

މިިހާތަނަށް އެތައް ފިލްމެއްގެ ކޮސްޓިއުމް ތައްޔާރުކޮށްދިން ޑިޒައިނަރު ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ 2021 ގަ އެވެ. މި މަހުގެ 28 ގައި ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކޮސްޓިއުމްތައް ވެސް ތައްޔާކުރި މަނީޝް އަކީ އިންޑިއާގެ އޭލިސްޓްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ނަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.