މީނާ ކުމާރީގެ ބައޮފިކަށް ކްރިތީ

މީނާ ކުމާރީގެ ބައޮފިކަށް ކްރިތީ

Author
ފާތިމަތު ނާވީ
20 ޖުލައި 2023 11:14
0

ކުރީގެ ހިންދީ ސިނަމާ ފަތަހަ ކުރި އެއް ބަތަލާ ކަމުގައިވާ މީނާ ކުމާރީގެ ބައޮގްރަފިކަލް ޑްރާމާ އަށް ޒުވާން ބަތަލާ ކްރިތީ ސެނޮން ހަމަޖައްސައިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ފިލްމް ގައި ކްރިތީ ފެނިގެންދާނީ ނީނާ ކުމާރީގެ ރޯލުންނެވެ. މީނާ އަކީ ކުރީގެ ފިލްމް ތަކުގައި ވަރަށް މަގުބޫލު އަދި ބެލުނަތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިއަ ބަތަލާއެކެވެ.

ކެރިއަރުގައި 93 ފިލްމު ކުޅުނު އަދި އެންމެ 38 އަހަރުގައި ވަކިވެ ދިޔަ މީނާ ކުމާރީ އަކީ ހިންދީ ސިނަމާއިން ފާހަގަކޮށްލެވުނު ވަރަށް ރީތި އަދި އެހާމެ ހުނަރުން ފުރިގެންވި ތަރިއެކެވެ. ޒުވާން ބަތަލާ މަރުވީ މާޗް 32، 1972 ގަ އެވެ.

https://www.youtube.com/watch?v=XTLgnr00pHs

 

މީނާ ކުމާރުގެ ފާހަގަ ކޮށްލެވޭ ބައެއް ފިލްމް ތަކުގެ ތެރޭގައި  "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ. މި ބައޯޕިކް އިން މީނާ ކުމާރުގެ ހަޔާތުގެ ސަފްހާ ތަކުގެ ތެރެއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.