ކޮޅުފުށީގައި ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

ކޮޅުފުށީގައި ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2023 02:08
0

މ.ކޮޅުފުށީގައި އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 1 އަހަރުގެ ކުއްޖަކުގެ ގެނބިގެން މިއަދު 11:38 ގައި ރިޕޯޓްކޮށްފައިވާކަމަށާއި، އެކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ކުޑަކުއްޖާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށްކަމަށެވެ. މަޢުލޫމާތު ލިބޭގޮތުގައި އެތުއްތު ކުއްޖާ ގެނބިފައި އޮއްވާ ފެނުނީ އެތުއްތު ކުއްޖާ ގޭގައި ފެންނަން ނެތުމުން ހޯދަން ނުކުމެ އުޅެނިކޮށް އެ ކުއްޖާގެ ކާފައަށެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.