ޕާސްޕޯޓް ނުލާ ދެވުމުން މޯނީ އަނބުރާ ގެއަށް ފޮނުވައިލައިފި

ޕާސްޕޯޓް ނުލާ ދެވުމުން މޯނީ އަނބުރާ ގެއަށް ފޮނުވައިލައިފި

Author
ފާތިމަތު ނާވީ
14 ޖުލައި 2023 04:23
0

ބޮލީވުޑްގެ މަޝްހޫރު ބަތަކާ މޯނީ ރޯއީ  ޕާސްޕޯޓް ނުލާ އެއާޕޯޓަށް ދިއުމުން، އެއާޕޯޓްގެ ސެކިއުރިޓީން އޭނާ އެތަނަށް ނުވައްދާ އަނބުރައި ފޮނުވައިލުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެެއެވެ.

މީގެ ދެދުވަހެއް ކުރިން މޯނީ އެއާޕޯޓްއަށް ގޮސް ހުއްޓައި ނަގައިފައިވާ ފޮޓޯ އާއި ވީޑިއޯ އަންނަނީ ވައިރަލް ވަމުންނެވެ. ނޫ ކުލައިގެެ ކޯ-ސެޓެއްގައި މޯނީ ފެނިގެން ދިއަ އިރުގައި މި ވީޑިއޯ ތަށް ވަނީ ވައިރަލް ވެފައިއެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

މިދިޔަ އަންގާރަ ދުވަހު މޯނީއަށް ބޮންބޭ އެއާޕޯޓަށް ދިޔައީ ހަނދާން ނެތިގެން ގޭގައި ޕާސްޕޯޓް ބާއްވައިފަ އެވެ. އެކަމަކު، އޭނާއަކީ މަޝްހޫރު މީހަކަށް ވިޔަސް، ޕާސްޕޯޓް ނުގެންނަނީސް އެއާޕޯޓަށް ނުވައްދަން އެއާޕޯޓްގެ ސެކިއުރިޓީން ނިންމީ އެވެ. އަދި އަނބުރާ ޕާސްޕޯޓް ބަލާ އޭނާ ވަނި ފޮނުވައިލައިފައިއެވެ.

ވައިރަލް ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ވަނީ ދަބަސްތެރެ ވަރަށް ބޮޑަށް ބަލައިފައިއެވެ. އަދި ސެކިއުރިޓީގެ އިސް އޮފިޝަލަކާ ވާހަކަ ވެސް ވަނި ދައްކައިފައިއެވެ. ނަމަވެސް ޕާސްޕޯޓް ނެތުމުން އޭނާ ވަނީ އެތެރެއަށް ނުވައްދާ އަނބުރާ ފޮނުވައިަލއިފައިއެވެ.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

ނަމަވެސް ފަހުން އޭނާ ވަނީ ޕާސްޕޯޓް ހިފައިގެން އައިސް ފުރައިފައިއެވެ. އޭނާ ދިއައީ ދުބާއީ އަށެވެ. މޯނީ ވަނީ މިދިއަ އަަހަރުގައި ދުބާއީ ބޭސްޑް އިންޑިއާގެ ވިޔަފާރީވެރިއެއް ކަމުގައިވާ ސޫރަޖް ނަމްބިއާ އާއި ކައިވެނި ކޮށްފައިއެވެ. އަދި އޭނާ ވަނީ ދުބާއީ އަށް ދެވުނުކަން އިންސްޓަގްރާމަގައި ޕޯސްްޓް ކުރި ފޮޓޯ އަކުން އަނގައިފައިއެވެ. އަދި އެފޮޓޯއަށް ކޮމެންޓް ކޮށް ބައެއް މީހުން ވަނީ ޕާސްޕޯޓް ފެނުނީތޯ ސުވާލުވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

 

ޑްރާމާ ސިލްސިލާ ތަކުން މަގުބޫލު ކަން ހޯދި މޯނީ ވަނީ ބޮލީވުގައި ވެސް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. މޯނީ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ސިނަމާތަކުގައި އެޅުވި "ބްރަމާސްތުރާ" އިންނެވެ. އެއީ ބޮކްސް އޮފީގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަންނަައުނު
ޑަކު ފޭސް ހަދާ ސެލްފީ ނަގާފައެއްނު އެހެން ކަމެއްކުރަން ހަނދާންވާނީ. އަހަންނަކަށް ނޭންގެ! ރާއްޖެއަށް ޕްލާސްޓިކް މަނާއިރުވެސް މިވެރިން މިނއަންނަ ގޮތެއް.