ސަމަންތާ ފިލްމީ މަސައްކަތާ ދުރަށް

ސަމަންތާ ފިލްމީ މަސައްކަތާ ދުރަށް

Author
ފާތިމަތު ނާވީ
15 ޖުލައި 2023 12:11
0

ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ދުވަސް ކޮޅަކަށް ފިލްމީ މަސައްކަތާއި ދުރަށް ޖެހިލައިފައި ވާކަމަށް ސައުތުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތް ޕްރަބޫ ބުނެފިއެވެ.

މައުލުމާތު ލިބޭ ގޮތުގައި އޭނާ ވަނީ 6 މަސްދުވަހުގެ ބްރޭކެއް ފިލްމީ ދާއިރާއިން ނަގައިފައިއެވެ. ރިޕޯޓް ތަށް ބުނާގޮތުގައި އޭނާ ބައްޔަށް ފަރުވާ ކުރުމަށް މި ދުވަސްތަށް ހޭދަ ކުރާނީ އެމެރިކާގައިއެވެ.

ނޫސްތަކުގައި ބުނީ ސަމަންތާ އެމެރިކާއަށް ދަނީ މަޔޯސައިޓިސްއަށް ފަރުވާ ހޯދުމަށް ކަމަށެވެ. މަޔޯސައިޓިސްއަކީ ހަށިގަނޑުގެ އެކި ތަންތަން ދުޅަވެ، މީހާ ވަރަށް ބޮޑަށް ބަލިކޮށްލާ ބައްޔެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ވެސް މެއެވެ.

ސަމަންތާ އެބައްޔަށް ފަރުވާ ހޯދަމުން ދާކަމަށް ބުނެފައިވަނީ މިދިއަ އަހަރުގެ ތެރޭގައިއެވެ. އޭނާ ވަނީ އެކަން އިއުލާން ކުރަމުން ހޮސްޕިޓަލް ގައި ނަގައިފައިވާ ފޮޓޯ އަކާއި އެކުގައި ބައްޔާ ބެހޭގޮތުން ދިގު ޕޯސްޓެއް ކޮށްފައިއެވެ.

ސަމަންތާ އަކީ ސައުތުގެ އެންމެ ނަން މަޝްހޫރު އެއް ނަމެވެ. އަދި ބޮލީވުޑްގައި ވެސް މިހާރު އޭނާ އަންނަނީ ވަރަށް ބޮޑަށް ވިދަމުންނެވެ. ބަލިވެ އުޅުމުގެ ސަބަބުން އޭނާ އެއްވެސް ފިލްމް އަކަށް ސޮއި ކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.