ހުރިހާ ތައްޓެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް ކުރާނަން: މޯހަން

ހުރިހާ ތައްޓެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް ކުރާނަން: މޯހަން

Author
އިބްރާހީމް ސާޢިދު
04 ޑިސެމްބަރ 2020 02:04
0

އީގަލްސްގެ އަމާޒަކީ ރަނގަޅު ނަތީޖާތަކެއް ނެރެ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުން ކަމަށް އެޓީމުގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އެފްއޭއެމް އިން ގެނެސްދޭ "ލެޓްސް ޓޯކް ފުޓްބޯލް" ޕްރޮގްރާމްގައި ވާހަދައްކަމުން މޯހަން ބުނީ ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކްލަބް އީގަލްސް ޓީމުގެ ކުޅުންތެރިން އެންމެ ރަނގަޅު ފިޓްނެސްގައި ނުތިބެދާނެ ކަމަށާއި، އެކަމަކު ވަކި ހިސާބަކުން އެޓީމުން ރަނގަޅު ފޯމެއްގައި ކުޅޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ރިތަކުރުންތަކުގައި އެ ކްލަބުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް އަންނަނީ ބައިވެރިވަމުންނެވެ. މޯހަން ބުނީ ޒުވާން ކުޅުންތެރިން ފުޓްބޯޅައިގައި ބައިވެރިކުރުވުމަކީ މުޖުތަމައަށް އޮތް ރަނގަޅެއް ކަމަށެވެ.

ފުޓްބޯޅައިގެ ތެރެއިން އިތުރު ފުރުސަތުތަކެއް ލިބިގެންދޭ. ބޮޑުވެގެން އަންނައިރު މާހައުލު ތެރެއަށް ފެތުމާއި މީހުންނާ އެކީ އުޅެން ދަސްވޭ.

– މެޗަކުން ބަލިނުވެ ނުއިރޭޑިއަންޓަށް ލީގު ހޯދައިދިން ކޯޗު ބުނެފައިވެއެވެ.

މޯހަން ބުނީ ޕްރެކްޓިސް ލަހުން ފެށުމަކީ އެޓީމަށް ކުރިމަތިވި މައްސަލައެއް ކަމަށާއި، މިއަހަރަކީ ޕްރީ ސީޒަނެއް ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް އެންމެ ދަށްކޮށް ހުރި އަހަރުކަމަށެވެ.

މޯހަން ބުނީ ބިދޭސީ ކުޅުންތެރިން ހަމަނުވުމާއި ދިވެހި ބައެއް ކުޅުންތެރިންގެ ފިޓްނެސް މައްސަލަތަކާއި ހެދި ކުރީކޮޅުގައި އެކުޅުންތެރިން ޓީމުން ނުފެނިދާނެ ކަމަށެވެ.

ތިބި ކުޅުންތެރިންނާ ދޭތެރޭ ޔަގީންކަން އެބައޮތް. މި ސީޒަނުގައި އަޅުގަނޑުމެން ހަމަ ހުރިހާ ތައްޓެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް ކުރާނަން.

– މޯހަން ބުނެފައިވެއެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އަންނަ އަންގާރަ ދުވަހު އީގަލްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މިއީ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.