ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި

ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 09:10
0

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރަޓިކްސްއަށް ސޮއި ކުރައްވައިފިއެވެ.

ރައީސް ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވީ މިރޭ އާރޓްފިޝަލް ބީޗްގައި އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ. އެމަނިކުފާނާއިއެކު ގިނަ ބަޔަކުވެސް ވަނީ ޑިމޮކްރަޓިކާއި އަލަށް ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި މިއަދު ސަރުކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގައި ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ވެސް ހިމެނެއެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބުދުއްﷲ
ސޮއިކުރެވިދާނެ ކުރިމަތިވެސް ލެވިދާނެ ތިގޮތައް ތިހާބިރުން އުޅޭމީހުނަކައް ދެންވއރިކަން ލިބުނަސް ވެރިކަމެއް ނުކުރެވޭނެ