ވެރިކަމުގަ ތިބެ އަމިއްލަ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި މީހުންނާއިމެދު ވިސްނަންޖެހޭ: ރައީސް

ވެރިކަމުގަ ތިބެ އަމިއްލަ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި މީހުންނާއިމެދު ވިސްނަންޖެހޭ: ރައީސް

ވެރިކަމުގަ ތިބެ އަމިއްލަ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި މީހުންނާއިމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވެ ރައީސް ޞާލިހުގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒު ކުރައްވައިފިއެވެ.

ރިޔާސީ ކެމްޕެއިންގައި ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމުގައި ތިބެ މުޒާހަރާ އަށް ނުކުންނަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެ ސިޔާސަތާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ދުވަސް ވެސް މިއަދު މާޒީ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެރިކަމައި ދެކޮޅަށް މުޒާހަރާ ކުރުމުން އެކަމުގެ ހަނދާންތައް އާކޮށެވެ. ރައީސް ނަޝީދު ވަނީ އަމިއްލަ ވެރިކަމުގައި 2008 ވަނަ އަހަރު މުޒާހަރާކޮށްފައެވެ. އަދި މުޅި ކެބިނެޓް އެކީ އިސްތިއުފާ ދެއްވައި ވެރިކަން ނިމިގެންދިޔައީ އެހަލަބޮލި ކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުވަސްވީ ގާތް އެކުވެރިޔާ ރައީސް ނަޝީދު ރައީސް ޞާލިހާއި ދެކޮޅަށް ހުންނެވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅި އަށް ވަޑައިގަންނަވާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ކ.އަތޮޅުގެ ތިން ރަށަކަށް ރައީސްކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އާއްމުންނާއި ބައްދަލުކުރައްވާ އާއްމުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް ކ.އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅީގެ އިތުރުން ގުރައިދޫ އަދި މާފުއްޓެވެ.

މި ދަތުފުޅުގެ ތެރެއިން ރައީސް ޞާލިހު ވަނީ ކ.ގުރައިދޫގެ އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުޅުވާދެއްވާފައެވެ. ގުޅިއަށް ކުރައްވާ ދަތުރުފުޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ކ.ގުރައިދޫ އަށެވެ. އެއަށް ފަހު ދެން ވަޑައިގަންނަވާނީ ކ.މާފުށްޓަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *