ރައީސް ޞާލިހު ގުރައިދޫ ދާއިރައަށް، ފުރަތަމަ ގުޅިއަށް!

ރައީސް ޞާލިހު ގުރައިދޫ ދާއިރައަށް، ފުރަތަމަ ގުޅިއަށް!

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 02:09
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕޭނަށް ކ.ގުރައިދޫ ދާއިރާއަށް ކުރައްވާ ދަތުރުގައި ކ. ގުޅިއަށް ވަޑައިގެންފިއެވެ.

މިއީ ކ. ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅެކެވެ. މިގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ގުޅިއަށެވެ. ގުޅިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

ރައީސް ވަނީ ގުޅިއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ގުޅީގެ ރައްޔިތުންނާއެކު ކަންމަތީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އޮޅުންފިލުއްވާނެއެވެ.

އެމަނިކުފާނު ގުޅިއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގުރައިދޫ އަދި މާފުއްޓަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.