ރޮނާލްޑޯގެ އަލް ނަސްރު ފީފާއިން ސަސްޕެންޑްކޮށްފި

ރޮނާލްޑޯގެ އަލް ނަސްރު ފީފާއިން ސަސްޕެންޑްކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭ ގޮތަށް ފީފާއިން ސަސްޕެންޑްކޮށްފިއެވެ.

ދުނިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން މި ކުލަބު ސަސްޕެންޑްކުރީ 2018 ވަނަ އަހަރު ލެސްޓާ ސިޓީއިން ގަތް ނައިޖީރިއާ ކުޅުންތެރިޔާ އަހުމަދު މޫސާގެ ޓްރާންސްފަރ ފީގެ ބައެއް ނުދީ ހުރުމުންނެވެ. އެއީ 390000 ޕައުންޑާއި މި މުއާލަތާ ގުޅުންހުރި ފައިސާއެއްވާ ނަމަ އެފައިސާއަކާއި ފައިސާ ދެއްކުން ލަސްވުމުން ވެފައިވާ ޖޫރިމަނާއަށްވާ ފައިސާ އެވެ. މިއީ މުއްސަނދި ކުލަބުން ކަންބޮޑުވާންޖެހޭ ވަރަށްވުރެ މާކުޑަ އަދަދެކެވެ.

އަލް ނަސްރު ކުލަބަށް ފީފާއިން އަންގާފައިވަނީ މި ފައިސާ ދެއްކުމުން ނޫނީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑްގައި ވެސް ކުޅުންތެރިން ނުޖެހޭނެ ކަމަށެވެ. މިއާއެކު ކުލަބުން ބުނެފައިވަނީ އައު ސީޒަނަށް ބޭނުންވާ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް މި ފައިސާ ދައްކައި ހަލާސް ކުރާނެ ކަމަށެވެ. އިންޓަމިލާނަށް ކުޅުނު ކްރޮއޭޝިޔާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ވަނީ އައު ސީޒަނަށް އެކުލަބަށް ގެންގޮސްފައެވެ. މީގެ އިތުރުން ޗެލްސީގެ ހާކިމް ޒިޔާޝް ވެސް ފެނުން ގާތީ މި ކުލަބުންނެވެ.

ނަސްރުން ރޮނާލްޑޯއަށް އަހަރެއްގެ މައްޗަށް 177 މިލިއަން ޕައުންޑްގެ މުސާރައެއް ދެއެވެ. މިއީ ފުޓްބޯޅައިގެ ތާރީހްގައި ކުުޅުންތެރިއަކަށް މިހާތަނަށް ދޭ އެންމެ ބޮޑު މުސާރައެވެ. އޭނާ ވަނީ އެ ކްލަބްގައި 2025 ވަނަ އަހަރާއި ހަމައަށް މަޑުކުރުމަށް އެއްބަސްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *