ޖަޔާ ގެ ކާމިޔާބު ތިން ފިލްމެއް އަލުން ހަދަނީ

ޖަޔާ ގެ ކާމިޔާބު ތިން ފިލްމެއް އަލުން ހަދަނީ

Author
ފާތިމަތު ނާވީ
15 ޖުލައި 2023 10:02
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ، ޖަޔާ ބައްޗަންގެ ކެރިއަރުގެ ކާމިޔާބު 3 ފިލްމެއް އަލުން ހަދަން ނިންމިކަން އިއުލާންކޮށްފި އެވެ.

ކްރިޓިކެއް ކަމުގައިވާ ތަރަން އާދަރްޝް އޭނާގެ ސޯޝަލް މީޑިއާގައި ހަބަރު އިއުލާން ކޮށް، ކޮށްފައިވާ ޕޯސްޓެއްގައި ބޮޑެތި ބަދުލަތަކާއި އެކުގައި މި ތިން އައިކޮނިކް ފިލްމް ހެދުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

1972 ގެ "ބަވަރްޗީ" އާއި  ހަމަ އެ އަހަރުގެ "ކޯޝިޝް"ގެ އިތުރުން 1975 ގެ "މިލީ" އެވެ. ޑައިރެކްޓަރު ގުލްޒާރުގެ "ބާވަރްޗީ" އިން ފެނިގެންދިއައީ ޖާޔާ އާއި އެކުގައި ރާޖޭޝް ކަންނާ ފެނިގެން ދިއައިރުގައި "ކޯޝިޝް" އިން ޖާޔާ އާއި އެކުގައި ފެނިގެންދިއައީ ސަންޖީވް ކުމާރެވެ. މި ފިލްމްވެސް ޑައިރެކްޓް ކޮށްފައިވަނީ ގުލްޒާރުއެވެ. "މިލީ" އަކީ ރިޝިކޭޝް މުކަރުޖީ ޑައިރެކްޓު ކޮށް ޖާޔާ އާއި އެކު އަމިޔާބް ފެނިގެން ދާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

"މިލީ" އާއި "ބަވަރްޗީ" އަދި "ކޯޝިޝް" ގެ ރައިޓްސް ހޯދައިގެން އެ ތިން ފިލްމު އަލުން ހަދަން ނިންމީ ޕްރޮޑިއުސަރުން ކަމަށްވާ އަބީރް ސެންގުޕްތާ އާއި އަނޫޝްރީ މެހެތާގެ އިތުރުން ސަމީރު ރާޖް ސިއްޕީ އެވެ. ނަމަވެސް ފިލްމް ފިލްމްގެ މަސައްކަތް ފަށާނެ ދުވަހެއް އަދި މި ފިލްމް ބެލުންތެރިނަށް ގެނެސްދޭނެ ދުވަހެއް ވެސް ނޭގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.