ޑްރާމާ ސިލްސިލާ ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދުމަށް ފަހު 2018 ވަނަ އަހަރު ބޮލީވުޑްއަށް ތައާރަފްވި ބަތަލާ މުރުނާލް ޓާކުރް އޭނާ ފިލްްމް ކުޅޭ އަގު ބޮޑުކޮށްފިއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި މިހާތަނަށް ފިލްމަކުން 85 ލައްކަ ރުފީސްގެ ފީއެއް ނަގަމުން އައި ބަތަލާ މިހާރު ވަނީ ފިލްމު ކުޅޭ އަގު 135 ޕަސެންޓަށް މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ދެ ކްރޯޑް ރުޕީސް އަށް ވުރެ ކުޑަ އަގަކަށް އޭނާ ފިލްމް އަކަށް އެއްބަސް ނުވާނެ ކަމަށް ހަބަރުތަށް ތަށް ބުނެއެވެ.
30 އަހަރުގެ ބަތަލާ ފިލްްމް ކުޅޭ އަގު ބޮޑޫ ކުރި އިރުގައި އޭނާ އަކީ މިހާރު ބޮލީވުޑް ގައި ވަރަށް ޑިމާންޑް ބޮޑު ބަތަލާއެކެވެ. އަދި އޭނާގެ ގިނަ ފިލްމް ތަށް ބޮކްސް އޮފީހުގައި ވަނީ ކާމިޔާބު ވެސް ހޯދައިފައިއެވެ.
އޭ ލިސްޓްގެ ތަރިންނާއި އެކުގައި ވެސް ފިލްމް ތަށް ލިބެމުން އަންނަ ހުނަރުވެރި ބަތަލާ އެންމެ ފަހުން ސޮއި ކުރި ތެލެގޫ ފިލްމަށް އެއްވަސްވީ 3.5 ކްރޯޑް ރުޕީސް ކަމަށް މީޑިއާތަކުން ބުންޏެވެ. މި ފިލްމް ގެ ނަން އިއުލާން ނުކުރި ނަމަވެސް ޝޫޓީން މިހާރު ދަނީ ކުރިއަށެވެ. އަދި ފިލްމްގެ ލީޑުން މުރުނާލް އާއި އެކުގައ ފެނިގެން ދާނީ ވިޖޭ ދެވަރަކޮންޑާ އެވެ.
މިދިޔަ އަހަރު މުރުނާލް ވަނީ ތެލުގޫ އިންޑަސްޓަރީއަށް ތައާރަފް ވެފައިއެވެ. "ސީތާ ރަމަމް" އިން ދަލްގޫރު ސަލްމާން އާއި އެކުގައި ފެނިގެންދިއަ އަސަރުގަދަ ލޯބީގެ ފިލްމްއަށް ފަހު ސައުތުން ވެސް އޭނާ އަށް އޮފާތަށް އަންނަނީ އޮހެމުންނެވެ.
މުރްނާލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 29 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2″ އިންނެވެ.
ކޮމެންޓު ފޮނުވާ