ރާއްޖޭގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) "ޖޯކަރު" ގެ ނަމުގައި ކޮމެޑީ ފިލްމް ގެ ޓީޒާ ދައްކައިލިއިފިއެވެ.
"ޖޯކަރު" އަކީ ޔޫއްޕެއާ ގުޅިގެން އިސްމާއީލް ޝަފީގާއި ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޝަފީގް އަދި ޝާނީޒް އަކީ ވެސް ކާމިޔާބު ފިލްމް ތަކެއް ޕްރޮޑިއުސް ކޮށްފައިވާ ދެ ޕްރޮޑިއުސަރުން ކަމެވެ.
މީގެ ޓިޒާ އިން މި ފިލްމް އަކީ ވަރަށް މަޖާ ކަންތަށް ތަކެއް ދައްކުވައިދޭފަދަ ފިލްމްއެއްގެ ގޮތުގައި ބެލެވެއެވެ. އަދި "ލާފް މޯ، ވޮރީ ލެސް" ޓެގް ލައިނާ އެކުގައި ގެނެސްދޭ ފިލްމް އިން އެކަން ހާސިލް ވާނެ ކަމުގެ ހުރިހާ ލުވަރެއް ފެންނަށް ހުރިކަން ޓިޒާ ބަލާލުމުން އެނގެއެވެ.
"ޖޯކަރު" އަކީ ޔޫއްޕެއާ ގުޅިގެން "ދައުވަތު" އާއި "ނޯޓީ 40″ އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި މިދިޔަ މެއި މަހު އޮލިމްޕަހުގައި އެޅުވި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ކޮމެޑީގެ ކާސްޓްގައި ތަޖުރިބާކާރުން ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލާއި އަހުމަދު ސައީދުގެ އިތުރުން އަލީ އާޒިމް ދޮން (އައްޔަ) އާއި ނާޝިދާ މުހައްމަދާއި އިބްރާހީމް ރަޝީދު (ބްރޯ) އާއި ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާނާއި ޝަހީދާ އަހުމަދާއި މޫސާ އަލީފް ހިމެނެ އެވެ.