ވިކީ އާއި ޓްރިޕްތީގެ ފިލްމު ފަސްކޮށްފި

ވިކީ އާއި ޓްރިޕްތީގެ ފިލްމު ފަސްކޮށްފި

Author
ފާތިމަތު ނާވީ
13 ޖުލައި 2023 08:38
0

މި އަހަރުގެ މެދުތެރޭގައި ޝޫޓިން ނިންމައިފައިވާ ވިކީ ކޯޝަލް އާއި ޓްރިޕްތީ ދިމްރީ ގެ ފިލްމް އަޅުވާ ތާރީހް ފަސްކޮށްފި އެވެ.

މި މަހުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފި ފިލްމް އަންނަ އަހަރަށް ލަސްކުރި އިރުގައި މިހާރު ފިލްމް އަޅުވަން ތާވަލް ކޮށްފައިވަނީ 2024 ފެބްރުއަރީ 23 އަށެވެ. ނަމަވެސް ފިލްމް މިހާ ބޮޑަށް ލަސްކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

މި ފިލްމް އަކި މި ދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ. ތްރިޕްތީ އަކީ މިއަހަރު ރިލީޒް ކުރި ފިލްމް "ގަލާ" އިން ބެލުންތެރިންގެ މަގުބޫލު ކަން ހޯދަމުން އަންނަ ތަރިއެކެވެ.

"ގޯ ގޯއާ ގޯން" އާއި "ކައިޓްސް" އަދި "އައިޝާ" ފަދަ ފިލްމުތަށް ގެނެސްދީފައިވާ ޑައިރެކްޓަރު އާނަންދު ތިވާރީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަދޫރީ ޑިކްސިޓްގެ "މަޖާ މާ" އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވިޑިއޯ ގުޅިގެން ހަދާފައިވާ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 23 ގަ އެވެ. މީގެ ނަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ބައެއް މީޑިއާއިން ފިލްމުގެ ނަމަކީ "މެރޭ މެހެބޫބް މޭރޭ ސަނަމް" ކަމަށް ބުނެފައިވެ އެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

އާނަންދުގެ އާ ފިލްމުގެ ކާސްޓްގައި ރަންވީރު ސިންގްގެ "83″ އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ކާސްޓްގައި ވެސް ހިމެނުނު ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.

މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިންގެ ބައެއް މަންޒަރުތަށް މީގެ ކުރިން ވަނީ ލީކުވެފައިއެވެ. އެއާއި އެކުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނީ ފިލްމް އަޅުވާނެ ތާރިހަށެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

މި ފިލްމް އަކީ ވިކީ އާއި ޓްރިޕްތީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.