"ސްތްރީ 2″ ގެ ޝޫޓިންގ ފަށައިފި

"ސްތްރީ 2″ ގެ ޝޫޓިންގ ފަށައިފި

Author
ފާތިމަތު ނާވީ
13 ޖުލައި 2023 10:57
0

"ސްޓްރީ"ގެ ދެވަނަ ބައިގެ މަސައްކަތް، ފުރަތަމަ ފިލްމުގައި ވެސް ފެނުނު ތަރިންނާއެކު ފަށައިފި އެވެ. އިއްޔެ އާންމު ކުރި ޓީޒާ ގައި އެ ފިލްމްގެ ޝޫޓިން ފެށި ކަން ވަނީ އިއުލާން ކޮށްފައިއެވެ.

މި ފިލްމް އަކީ ލީޑުން ޒުވާން ދެތަރިން ކަމުގައިވާ ޝްރައްދާ ކަޕޫރު އާއި ރާޖް ކުމާރު ރާއޯއެވެ. މީ ހޮރޯ ކޮމެޑީއެކެވެ. ފުރަތަމަ ފިލްމް އަށް ލިބުނު ކާމިޔާބީ އާއި އެކުގައި ދެވަނަ ފިލްމް އެއް އުފެއްދި އިރުގައި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހަށެވެ.

އަމާރު ކައުޝިކް ޑައިރެކްޓްކުރާ މި ފިލްމުގައި ޝްރައްދާ އާއި ރާޖްކުމާރުއާ އެކު، ފުރަތަމަ ފިލްމުގައި ވެސް ފެނުނު އަބިޝެކް ބެނާޖީ އަދި ޕަންކަޖް ތުރިޕާޓީ ގެ އިތުރުން  އަޕަރްޝަކްތީ ކުރާނާ އުޅޭނެ އެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

އަމަރު ކޯޝިކް ޑައިރެކްޓުކުރި މި ފިލްމްގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރަނީ ހަމަ އަމަރުއެވެ.  "ސްތްރީ" އަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ހޮރޯ-ކޮމެޑީ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކުރި ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.