ސުވިޑްން ނޭޓޯގައި ބައިވެރި ކުރުމަށް ތުރުކީން އެންމެފަހުން ތާއީދުކޮށްފި

ސުވިޑްން ނޭޓޯގައި ބައިވެރި ކުރުމަށް ތުރުކީން އެންމެފަހުން ތާއީދުކޮށްފި

Author
ހުސެއިން
11 ޖުލައި 2023 10:30
0

ދުނިޔޭގައި މިވަގުތު އޮތް، ގައުމުތަކަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ނޭޓޯގައި ސްވިޑް ބައިވެރިކުރުމަށް ތުރުކީން އެންމެފަހުން ތާއީދު ކޮށްފިއެވެ.

ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން އެންމެފަހުން ސުވިޑްއަށް އާބަސް ވިދާޅުވެފައިވަނީ، އެގައުމުން ނޭޓޯގެ މެމްބަރުކަން ހޯދުމަށް ކުރަމުން އައި މަސައްކަތްތަކަށް އަހަރެއް ވަންދެން ހުރަސް އެޅުއްވުމަށްފަހުއެވެ. އެއީ ތުރުކީގެ ކަންބޮޑުވުންތަކަށް ސްވިޑްއިން ހައްލު ހޯދާދީފައި ނުވާކަމަށް ވިދާޅުވެއެވެ.

މިހަފްތާގެ ހޯމަ ދުވަހު، ނޭޓޯގެ ސެކެޓްރީޖެނެރަލް ޖެންސް ސްޓޯލްޓެމްބާގް ވިދާޅުވެފައިވަނީ، ސްވިޑްންގެ މެމްބަރޝިޕް ތުރުކީގެ ގާނޫނުހަދާ މަޖިލީހަށް ފޮނުއްވުމަށް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން މިހާރު އެއްބަސްވެވަޑައިގެންފައި ވާކަމުގައެވެ.

ލިތުއޭނިއާގެ ވިލްނިއުސްގައި، އެރެދޮގާންއާއި ސްވިޑިޝް ބޮޑުވަޒީރު އުލްފު ކުރިސްޓާރސަން ބޭއްވި ވާހަކަތަކަށްފަހު ސްޓޯލްޓެމްބާގް ވިދާޅުވެފައިވަނީ މިމައްސަލާގައި ކުރިޔަށް ވަޑައިގަތުމަށް އެރެދޮގާން އެއްބަސްވެވަޑައިގެންފައި ވާކަމުގައެވެ.

އަހަރެން ވަރަށް އުފަލާއެކު ދަންނަވަން.. ރައީސް އެރެދޮގާން ވަނީ، ސުވިޑްންއަށް ރުހުން ދިނުމުގެ މަސައްކަތްތައް ގާނޫނުހަދާ މަޖިލީހަށް ފޮނުވުމަށް އެއްބަސްވެވަޑައިގެންފަ، އަދި އެމަސައްކަތް ގާތުން ބެއްލެވުމަށްވެސް ވަނީ އެއްބަސްވެވަޑައިގެންފަ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޯލްޓެމްބާގް ވިދާޅުވިއެވެ.

މިއީ ތާރީޚީ ދުވަހެއް.

ނޭޓޯގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެޖަމާއަތަށް އެއްވެސް ގައުމަކަށް ގުޅެވޭނީ ޖަމާއަތުގެ ހުރިހާ މެމްބަރު ގައުމުތަކުގެ ރުހުން އޮވެގެންނެވެ. ތުރުކީން މިހާތަނަށް ގެންދިޔައީ، އަންކާރާއި ޓެރަރިސްޓުންކަމަށް ދެކޭ ކުރުދީންގެ އެކްޓިވިސްޓުންނަށް ސްޓޯކްހޯމްއިން ހިމާޔަތް ދެމުންދާކަމަށް ތުހުމަތު ކުރަމުންނެވެ.

ހަމަ އެއާއެކު، އިސްލާމް ދީނާއި ދެކޮޅު ފަރާތްތަކަށް ގުރުއާން އަންދާލުމަށް ސްޓޮކްހޯމްއިން ފުރުސަތު ދިނުމަކީވެސް ތުރުކީން ސްވިންޑްއަށް ރުހުން ދިނުން ލަސްކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއް ސަބަބެވެ.

ތިންފަރާތުން ގުޅިގެން ބޭއްވި މަޝްވަރާތަކަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ތުރުކީއާއި ސްވިޑްންއިން ބުނެފައިވަނީ ޓަރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށާއި އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ދެ ގައުމުން އެއްބަސްވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.