މިތިބީ ރައީސް ޔާމީނާއެކު އެކަތިގަނޑެއްގެ ގޮތުގައި: ޕްރޮގްރެސިވް ކޯލިޝަން

މިތިބީ ރައީސް ޔާމީނާއެކު އެކަތިގަނޑެއްގެ ގޮތުގައި: ޕްރޮގްރެސިވް ކޯލިޝަން

އިދިކޮޅު ކޯލިޝަން އޮތީ ރައީސް ޔާމީނާއިއެކު އެކަތި ގަނޑެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން އިން އީސީގެ މެންބަރުންނާ މިއަދު ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރޮގްރެސިވް ކޯލިޝަންގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދުރޭ ވިދާޅުވީ އެ ފޯމްގެ ކަންކަން ގާނޫނާ އެއްގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށް އީސީގެ މެންބަރުން ވެސް ވިދާޅުވި ކަމަށެވެ.

ނަމަވެސް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގެންފި ހާލަތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އެ ކޯޓުން ނިންމާފައިވާ ނިންމުންތަކަށް އެ ކޯޓުން ރިއާޔަތް ކުރައްވާނެ ކަމަށާއި އެހެންވެ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, 2023 ވަނަ އަހަރުގެ ރައީސް ކަމަށް ހޮވުމަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕޭން ކުރަމުންދާތީ އެކަމާ ގުޅޭގޮތުން ސީދާ މުއިއްޒުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ "އެންމެން ވެސް މިތިބީ ރައީސް ޔާމީނާއެކު އެކަތިގަނޑެއް ގޮތުގައި" ކަމަށެވެ.

އަޅުގަނޑުމެން ބައިބައި ކުރުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރޭ. އޭގެ ތެރެއިން އަޅުގަނޑާ ބެހޭ ޕޯސްޓުތައް ވެސް އަންނާނެ. މުއިއްޒުއާ ބެހޭވެސް, ޝިޔާމް, ސައީދު ވެސް.

– އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން ތަކުރާރުކޮށް, ޔަމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް, އެ ޕާޓީގެ ބައެއް ސަޕޯޓަރުން އަންނަނީ އިތުރު ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ވިސްނުން ފާޅުކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ސަޕޯޓަރުން އެހެން ކެންޑިޑޭޓުންގެ ވާހަކަދެއްކި ނަމަވެސް, އެއީ އެ ސަޕޯޓަރުން ބޭނުންވާނެ ގޮތެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *