ޕީޕީއެމްއާއި އެމްއެންޕީއިން ސިޔާސީ މަޝްވަރާތައް ބާއްވައިފި

ޕީޕީއެމްއާއި އެމްއެންޕީއިން ސިޔާސީ މަޝްވަރާތައް ބާއްވައިފި

Author
ހުސެއިން
07 ޖުލައި 2023 10:45
0

އިދިކޮޅު ޕީޕީއެމއާއި އެމްއެންޕީން ސިޔާސީ މަޝްވަރާތައް ބާއްވައިފިއެވެ. ޕީޕީއެމްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިއީ އެޕާޓީން އެމްއެންޕީއާއި އެކީ ބޭއްވު ފުރަތަމަ މަޝްވަރާތައް ކަމުގައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ރޭ 21:30 ގައި މާލޭ ހެންވޭރު ކޮޅުގައި ހުންނަ ވިންޓޭޖް ގާޑެންގައެވެ.

އެމްއެންޕީން ބުނެފައިވަނީ މި މަޝްވަރާރަތަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުންނާއި އަދި ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ޕީޕީއެމްގެ އެދުމަކަށް ބޭއްވި މަޝްވަރާތަކެއް ކަމުގައެވެ.

މިބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން ބައިވެރިވީ ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި އެޕާޓީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މެނޭޖަރ، އަހުމަދު ފަޔާޒް (އެފްއޭ)ގެ އިތުރުން އެޕާޓީގެ ނައިބު ރައީސް، ހުސެއިން އިސްމާއީލްއެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުންނެވެ.

އެމްއެންޕީއާއި އިދިކޮޅުން ޕީޕީއެމްއިން ބޭއްވި މި މަޝްވަރާތަކުގެ އިތުރު ތަފްސީލެއް ދެޕާޓީންވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.