އާމިރުގެ ފިލްމު ކުންފުނިން ހަތަރު ފިލްމެއް ގެނެސްދޭން ތައްޔާރު ވަނީ

އާމިރުގެ ފިލްމު ކުންފުނިން ހަތަރު ފިލްމެއް ގެނެސްދޭން ތައްޔާރު ވަނީ

ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ގޮތުގައި މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަތަރު ފިލްމު ގެނެސްދޭން ނިންމައިފި އެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ މަޝްހޫރު ނޫހެއް ކަމުގައިވާ ޕިންކްވިލާ އިން ރިޕޯޓްކުރި ގޮތުގައި، އާމިރުގެ ޕްރޮޑަކްޝަނުން އަންނަނީ ސްޓޫޑިއޯ މޮޑެލަށް، ބައިވަރު ފިލްމުތަކެއް އަހަރެއްގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންނެވެ.

އޭގެ ތެރެއިން ބައެއް ފިލްމު ތަކުގެ މަސައްކަތް މިހާރު ވެސް ފަށާފައި ވާކަމަށާއި އަދި ބައެއް ފިލްމް ތަކަށް ތައްޔާރުވުމުގެ ކަންތައްތައް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށްވެސް އެނޫހުން ބުނެއެވެ.

ޚަބަރު ލިބޭ ގޮތުގައި އާމިރުގެ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު ތަކަކީ ކިރަން ރާއޯ ޑައިރެކްޓުކުރާ "ލާޕަތާ ލޭޑީސް"، ސުނިލް ޕާންޑޭ ޑައިރެކްޓުކުރާ "ޕްރިތަމް ޕިޔާރޭ" އަދި އާރުއެސް ޕްރަސަނާ ޑައިރެކްޓުކުރާ "ޗެމްޕިއަންސް" ގެ އިތުރުން ސީމާ ޕަވަން ޑައިރެކްޓުކުރާ "ޖާޔާ ޖާޔާ ޖާޔާ ޖަޔަހޭ" އެވެ.

"ޗެމްޕިއަންސް" އަކީ ސްޕެނިޝް ސްޕޯޓްސް ޑްރާމާ ފިލްމެއްގެ ރީމޭކެކެވެ. އެފިލް އެއީ ޚުދު އާމިރު ކުޅުމަށް ނިންމި ފިލްމެކެވެ. ނަމަވެސް އޭނާގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމާއި ގުޅިގެން ވީދެރައިން އޭނާ އެ ފިލްމު ނުކުޅެން ނިންމީއެވެ. އަދި އެނބުރި އަންނަން ބޭނުންވަނީ، ބެލުންތެރިން ބަލައިގަންނަ ފަދަ ވަރަށް ބޮޑު ރޯލަކުން ކަމަށް ބުނެ އެ ފިލްމު އޭނާ ބޭނުންވީ ސަލްމާން ލައްވާ ކުޅުވާށެވެ. ނަމަވެސް ސަލަމާނަށް ފިލްމު ކުޅެވޭ ގޮތެއް ނުވިއެވެ. އެހެންވެ އިތުރު ދެ އެހެން ތަރިއަކަށް ވެސް އޭނާ ފިލްމު ހުށައެޅިއެވެ. ނަމަވެސް އެމީހުންގެ ފަރަތުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

މިހާރު ފިލްމު އޮތީ ފަރްހާން އަހްތަރުގެ އަތުގައެވެ. އަދި އޭނާ ފިލްމަށް އެއްބަސް ވެފައިވާ ކަމަށާއި ފިލްމްގެ ޝޫޓިންގގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ އާމިރާއި ފަރްހާންގެ ފްރެންޗައިޒް ފިލްމުތައް ކަމަށްވާ "ދޫމް" ގެ ކުރިއަށްއޮތް ފިލްމުގެ މަޝްވަރާ ކުރަމުންއަންނަ ކަމެވެ. އާމިރު އެބުނާ ބޮޑު ޕްރޮޖެކްޓަކީވެސް އެފިލްމް ކަމަށް ޚަބަރުތައް ބުނެއެވެ.

އާމިރު ޕްރޮޑިއުސްކުރާ މި ހުރިހާ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާއަށް ގެނައުމަށް އަންނަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. އާމިރު މިހާރު އަންނަނީ ލަވައެއް ރެކޯޑް ކުރުމުގެ މަސައްކަތް ކުރަމުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *