އެމްޑީއޭގެ އެސްޖީއަކަށް ޝާހު އިސްމާޢިލް

އެމްޑީއޭގެ އެސްޖީއަކަށް ޝާހު އިސްމާޢިލް

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2023 10:23
0

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާހު އިސްމާޢިލް އައްޔަންކޮށްފިއެވެ.

ޝާހު އެ މަގާމަށް އައްޔަންކުރީ އެމްޑީއޭގެ ގައުމީ މަޖިލީހުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ އިސްމާޢިލް ސަޢީދެވެ.

މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުއްވާފައިވާ ޝާހު، ސްޕޯޓްސް މިނިސްޓްރީ އާއި ފިޝަރީސް މިނިސްޓްރީގެ ވެސް ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް)ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ފުޓްބޯޅަ ކުޅުއްވި ދުވަސްވަރު ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޝާހަކީ އޭނާގެ ރަން ދުވަސްވަރު ގިނަ ޑިފެންޑަރުން އެންމެ ޖެހިލުންވާ އެއްފޯވާޑެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި (އެމްޑީއޭ)ގެ އަންހެނުންގެ ކައުންސިލް ޗެއާޕާސަން މަޤާމަށް އާއިމިނަތު ދުމެއިނާ ވަނީ އައްޔަންކޮށްފައެވެ. އެ ބައްދަލުވުމުގެ ތެރެއިން އަންހެނުންގެ ކައުންސިލް މެންބަރުކަމަށް ވަނީ އިތުރު މެންބަރެއްގެ ގޮތުގައި ނަޒީރާ އިބްރާހީމް ވެސް ހޮވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.