އެކްސިޑެންޓެއްވެ ޝާހުރުކް ހާން އޮޕްރޭޝަންއެއް ކޮށްފި

އެކްސިޑެންޓެއްވެ ޝާހުރުކް ހާން އޮޕްރޭޝަންއެއް ކޮށްފި

Author
ފާތިމަތު ނާވީ
05 ޖުލައި 2023 03:48
0

ފިލްމު ޝޫޓީނެއްގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އެކްސިޑެންޓެއްވެ، ކުޑަ އޮޕަރޭޝަނެއް ކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޝާހްރުކް ޚާންއަށް އަނިޔާވެފައި ވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައި ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް މިއެކްސިޑެންޓް އާއި ބެހޭ މާގިނަ މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

57 އަހަރުގެ އެކްޓަރުގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހަމަ އެއާއި އެކުގައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ވެއެވެ. އަދި ސާޖަރީއެއް ހަދަން ޑޮކްޓަރު ލަފާ ދިނުމާއި ގުޅީގެން އޭނާ އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މިދިޔަ އަހަރުގައި ދީޕިކާ ޕަދުކޯން އާއިއެކު ހަރަކާތްތެރިވި "ޕަތާން" ގެ ކާމިޔާބީއަށްފަހު، މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ "ޖަވާން" އަދި "ދުންކީ" ގައިއެވެ. މި ވަގުތު އެންމެ ބިޒީކޮށް އުޅެނީ ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ޑައިރެކްޓަރު އެޓްލީގެ ފިލްމު "ޖަވާން" ގެ މަސައްކަތުގެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.