ޑިސްނީ ގެ "މީން ގާލް" އިން ބެލުްނތެރިންގެ ހިތް އަތުލި ބަތަލާ ލިންޑްސޭ ލޯހާންއަށް ލިބޭ ދަރިފުޅުގެ ޖިންސު ހާމަކޮށްފިއެވެ. މީޑީއާ ރިޕޯޓް ބުނާ ގޮތުގައި އޭނާ އަށް ލިބެނީ ފިރިހެން ކުއްޖެކެވެ.
ލިންޑީ އާއި ބޭދާ ޝްމާސް ކައިވެނި ކުރީ 3 އަހަރެއްހައި ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2022 ވަނަ އަހަރުގެ އެޕްރިލް މަހުގެ 3 ވަނަ ދުވަހުގައިއެވެ. މި ކައިވެނި ކުރެވިގެން ދިއައީ ވަރަށް ސިއްރިޔާތުގައިއެވެ.
އެމީހުން ކައިވެނި ކުރެވިގެން ދިއައީ ސިއްރުން ނަމަވެސް އެކަން ލިންޑްސޭ ހާމަ ކޮށްފައިވަނީ އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައިއެވެ. އެ ޕޯސްޓުގައި ބޭދާ އާއި އޭނާ މުހާތަބް ކޮށްފައިވަނީ ފިރިމީހާގެ ގޮތުގައިއެވެ.
ލިންޑްސޭ އަކީ ކެރިއަރުގެ ކުރީކޮޅުގައި ވަރަށް މަޝްހޫރު ވެގެން ދިއަ ބަތަލާއެކެވެ. ނަމަވެސް އޭނާގެ ކެރިއަރު މަޑުމަޑުން އަޑި އަޅައިލާއި މިހާރު އެއްގޮތަކަށްވެސް ފިލްމް އަކުން ފެނިގެންނެއް ނުދެއެވެ. އަދި ހަމަ އެހެންމެ ކައިވެންޏަށް ފަހު ފިރިމީހާ އާއި އެކު މިހާރު އޭނާ ދިރިއުޅެމުން އަންނަނީ ދުބާއީގައިއެވެ.
ކޮމެންޓު ފޮނުވާ