އެމެރިކާގެ ކުރީގެ ރައީސުންކަމުގައިވާ، ބަރަކް އޮބާމާއާއި، ޖޯޖް ޑަބްލިއު ބުޝްއާ އަދި ބިލް ކުލިންޓަން، ކޯވިޑް19 ވެކްސިނަކީ ރައްކާތެރި އަދި އިތުބާރުކުރެވޭ ވެކްސިނެއްކަން އާންމު ރައްޔިތުންނަށް ޔަގީން ކޮށްދިނުމުގެ ގޮތުން ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަށް ނިންމަވައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން، ކޯވިޑް19 ވެކްސިން ޖެހުުގެ ހުއްދަ ދިނުމާއެކު، އެމެރިކާގެ އެންމެ ފަހުގެ 3 ރައީސުން ކެމެރާ ކުރިމަތީގައި މިވެކްސިން ޖެއްޗެވުމަށް ނިންމަވާފައިވަނީ 3 ބޭފުޅުންގެވެސް އަމިއްލަ އިޚްތިޔާރުގައެވެ.
3 ރައީސުންވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި، ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަކީ، އެމެރިކާގައި ވެކްސިން ޕްރޮމޯޓުކުރުމަށް މިހާރަވެސް އެތަކެއް މަސައްކަތްތަކެއް ކުރަމުން ގެންދާ އެގައުމުގެ ސިއްހީ އޮފިޝަލުންނަށް ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އަދި މިގޮތުން އާންމު ރައްޔިތުނަށް ދެވޭ ވަރަށް ބޮޑު މެސެޖެއްވެސްމެއެވެ.
ބުޝްގެ ޗީފް އޮފް ސްޓާފް ފްރެޑީ ފޯރޑް ވިދާޅުވެފައިވާ ގޮތުގައި، ވެކްސިން ޕްރޮމޯޓު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް، ބުޝް މިހާރުވެސް ވަނީ، އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަންސް ޑިސީސަސްގެ ޑިރެކްޓަރ އެންތަނީ ފައުޗީއާއި އަދި ވައިޓްހައިސްގެ ކޮރޯނާ ވައިރަސްގެ ޓީމުގެ ކޯޑިނޭޓަރ ޑރ. ޑެބޯރާ ބާރކްސްއާއި ގުޅުއްވާ މައުލޫމާތު ހޯއްދަވާފައެވެ.
"މީގެ ހަފްތާއެއް ކުރިން ރައީސް ބުޝްވަނީ، ފުރުސަތު ލިބިވަޑައިގަތީމަ، އެމެރިކާގެ ރައްޔިތުންނަށް ވެކސިން ދިނުމުގައި އެހީތެރިވެދިނުމުގެ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެކަމަށް، ޑރ. ފައުޗީ އަދި ޑރ. ބާރކްސްއަށް ދެންނެވުމަށް ވިދާޅުވެފައިި،" ފޯޑް ވިދާޅުވެފައި ވެއެވެ. "އެންމެ ފުރަތަމަކަމަކަށް ވެކްސިންގެ ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭ. އަދި އާބާދީގެ އެންމެ މުހިންމު ގިންތިތަކަށް ވެކްސިން ދޭންޖެހޭ. އަދި އެއަށްފަހު، ބުޝް، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ވެކްސިން ޖައްސަވާނެ. އަދި ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުން އުފާލާއެކީ ބަލައިގަންނާނެ".
ކްލިންޓަންގެ ޕްރެސް ސެކެޓްރީ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ވެކްސިން ޕްރޮމޯޓު ކުރުމުގެ ގޮތުން ކްލިންޓަންވެސް ހުންނެވީ ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަށް ތައްޔާރަށެވެ.
"ވެކްސިން ޖެއްސެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިހާ އަވަހަކަށް، އަދި ޕަބްލިކް ހެލްތުގެ އޮފިޝަލުން އިސްކަންދެއްވާ ތަރުތީބުން، ރައީސް ކުލިންޓަން ވެކްސިން ޖައްސަވާނެ. އެއީ އެމެރިކާގެ ރައްޔިތުންނަށް ލިބޭ ހިތްވަރަކަށް ވާނެނަމަ، ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްވުމަށް ޔަގީނުންވެސް ރައީސް ކުލިންޓަން ހުންނެވީ ތައްޔާރަށް،" އޭންޖެން ޔުރޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވަނީީ، ކޯވިޑް19 ވެކްސިންއަކީ ރައްކާތެރި ވެކްސިނެއްކަމުގައި ޑރ. ފައުޗީ ވިދާޅުވެއްޖެނަމަ އެ ވެކްސިނަށް އިތުބާރު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
"އެންތަނީ ފައުޗީ ވަރަށް ރަގަޅަށް ދަނަންނަ. އަދި އެކީގައި މަސައްކަތްވެސް ކުރިން. އޭނާއަށް ފުރިހަމައަށް އިތުބާރު ކުރަން،" އޮބާމާ ވިދާޅުވިއެވެ. "އެހެންކަމުން، އެންތަނީ ފައުޗީ، އަހަރެންގެ ގާތު، މި ވެކްސިން ޖެހިދާނެ ކަމަށް، މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމުގައި ބުނެފިނަމަ، ޔަގީނުންވެސް އަހަރެން މިވެކްސިން ޖަހާނަން."
" ސިއްހަތު ރަގަޅުކޮށް ތިބިމީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބުމާއެކު އަހަރެން މިވެކްސިން ޖަހާނެކަމުގެ ޔަގީންކަން ދެން،" އޮބާމާ ވިދާލުވިއެވެ.
"އަހަރެން ފަހަރެއްގަ، މިވެކްސިން ކެމެރާ ކުރިމަތީގައިވެސް ޖަހާފާނަން، އަދި ވެކްސިން ޖަހާ މަންޒަރު މޫވީކޮށް މޫވީ އާންމުވެސް ކޮށްފާނަން، މީގެ ސައިންސް އާންމުނަށް ފުރިހަމައަށް ޔަގީންކޮށް ދިނުމަށްޓަކާ. އަހަރެން އިތުބާރު ނުކުރަނީ ކޯވިޑް ބަލި ޖެހިދާނެ ކަމަށްޓަކާ،" އޮބާމާ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ، މޮޑާނާއިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އެމެރިކާއާއި އަދި ޔޫރަޕްގައި ބޭނުންކުރުމުގެ ހުއްދައަށް ކާމާއި ގުޅޭ އިދާރާތަަކަށް ފާއިތުވެދިޔަ ހަފްތާގައި ހުށަހަޅާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެމެރިކާގައި ވެކްސިން އުފެއްދުމަށް މަޝްހޫރު ކުންފުނި ފިޒާއާއި އެކުންފުނީގެ ޕާޓްނާޝިޕް ކުންފުނި ބައޯއެންޓެކް، ގުޅިގެން އުފެއްދި ކޯވިޑް19 ވެކްސިންގެ އެމަޖެންސީ ހުއްދައަށް ހޯދުމަށް މީގެ ދެހަފްތާ ކުރިން އެމެރިކާގެ ފުޑް އެންޑް ޑަރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް އެކުންފުނިން ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ