"ދަ ޑިޕްލޮމެޓް" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

"ދަ ޑިޕްލޮމެޓް" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

Author
ފާތިމަތު ނާވީ
05 ޖުލައި 2023 01:42
0

ޖޯން އަބްރަހަމް ޑިޕްލޮމެޓެއްގެ ރޯލުން ފެނިގެންދާ ފިލްމް "ދަ ޑިޕްލޮމެޓް" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ފިލްމް ރިލީޒް ކުރާ ތާރީހް އިއުލާން ކޯށްފައިވަނީ އޭނަގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައިއެވެ. މި ޕޯސްޓުގައި ފިލްމް އަލަތު ޕޯސްޓަރު ވެސް ދައްކައިލައިފައި ވާއިރުގައި ޖޯން ފެނިގެން ދަނީ ވަރަށް ސްމާޓް ލުކްއެއް ގައި ކޯޓް ފަޓުލޫނެއް ލައިގެން ހުއްޓައިއެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ފިލްމުގެ ޕޯސްޓަރު ހިއްސާކުރަމުން ޖޯން އަބްރަހަމް ލިޔެފައި ވަނީ ހަނގުރާމައިގެ މައިދާނުން ބޭރުގައި ވެސް ބައެއް ހަނގުރާމަތައް ކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by John Abraham (@thejohnabraham)

މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ވަރުގަދަ ޑްރާމާ ފިލްމު ގެ ސްކްރީންޕްލޭ ލިޔުނީ މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ލިޔުނު ރިތޭޝް ޝާހްއެވެ.

އޭނަ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޖޯންގެ 2019 ގެ "ބަތުލާ ހައުސް" އާއި 2011 ގެ "ފޯސް" ގެ އިތުރުން އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އަމީތާބް ބައްޗަންގެ "ޕިންކް" ހިމެނެ އެވެ.

"ދަ ޑިޕްލޮމެޓް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޯންގެ ފިލްމު ކުންފުނި، ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޕްރޮޑިއުސަރު ވިޕުލް ޝާހް ގުޅިގެން ހަދާފައިވާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.