ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވީ، ކަރަންޓުގައި ޖެހިގެން: ފުލުހުން

ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވީ، ކަރަންޓުގައި ޖެހިގެން: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2023 10:52
0

ހެންވޭރު ގެއެއްގައި މިދިޔަ ހުކުރު ދުވަހު ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާއަކީ ކަރަންޓު ކޭބަލްތަކެއް ވަގަށް ނެގުމަށް އެ ގެއަށް ވަދެ އުޅުނު މީހެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ މަރުވީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭ ކަމަށެވެ. އެ މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރި ކަމުގެ ނިޝާން ފެންނަން ހުރި ކަމަށާއި އޭނާ ބިން މައްޗަށް ވެއްޓިފައި އޮތް ތަނުން، ވައްކަން ކުރަން ބޭނުންކުރާ އާލާތް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހުކުރު ދުވަހު ބުނި ގޮތުގައި ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުނީ އެ ދުވަހުގެ މެންދުރު 1:20 ހާއިރުއެވެ.

އުމުރުން 43 އަހަރުގެ އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.