އެތަކެއް ފަހަރަކު އިންޒާރު ދިނުމަށްފަހު އެއްބަޑު އެއްބަފާ ކޮއްކޮއަށް ހަމަލަދީ ޒަޙަމް ކޮށްލާފައިވާކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވެއްޖެއެވެ.
މޫކޭ ވަނީ އޭނާގެ ކޮއްކޮއަށާއި، ޢާއިލާއަށާއި، ޚުދު އޭނާއަށްވެސް ތަކުރާރުކޮށް އިންޒާރުދީ ހަދާކަން ފާހަގަކޮށްފައެވެ. ސިޔާސީ ގޮތުނން ކުރާ މަސައްކަތަކީ އެއްވެސް ހާލެއްގައި ގަޔަށް ބޮލަށް އަރައި، ހަމަލާދީ މާރާމާރީ ހިންގަންޖެހޭ ކަމެއް ނޫންކަމަށް މޫކޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ދޭ އިންޒާރަކަށާއި، ދައްކާ ވާހަކައަކަށް ބިރަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ފާޅުގައި ރައީސް މުހައްމަދު ނަޝީދަށާއި، ދަ ޑިމޮކްރެޓުންނަށް އެންމެ ގިނައިން ފާޑު ވިދާޅުވާ އެކަކީ މޫކޭއެވެ. މޫކޭ ވަނީ އޭނާގެ ކޮއްކޮއަށް އިންސާފު ހޯދައި ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އަދި މިކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.
ނުގޮވާކަ އެއްޗެއް ވަކި ނެތް. ނާޅުވާކަ ބަދުނާމެއް އިތުރަކަށް ނެތް. ފަހަތަކަށް ނުޖެހެން. މިއަދު އިންޒާރެއްގެ ގޮތުގައި ޙަމަލާދީ ޒަހަމް ކޮއްލީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ. ސިޔާސީ މަސައްކަތުގައި ކުރި ނުހޯދި ޢާއިލާއަށް ޙަމަލާ ދިނުމަކީ ފިނޑި ޢަމަލެއް. ސިޔާސީ ގޮތުން އަޅުގަނޑު ހުއްޓުވާނަމޭ ހިތާ ޢާއިލާއަށް ޙަމަލާ ދިނުމަށް ރާވާ، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް އިރާދަފުޅާއެކު ކުރާނަން.
– މޫކޭ ވިދާޅުވިއެވެ.
މޫކޭގެ ކޮއްކޮއަށް ދީފައިވާ ހަމަލާގެ ތަފްސީލެއް އޭނާ ހާމަކޮށްފައި ނުވެއެވެ. ސިޔާސީ ގޮތުން އޮންނަ ވާދަވެރިކަމުގެ ތެރެއިން ބައެއް ހާލަތްތަކުގައި ގަޔަށް ބޮލައިެއަރައި މުދަލަށާއި، ތަކެއްޗަށާއި މީހުންނަށް ގެއްލުންދޭ ހިސާބަށް ގޮސްފައި އެބަހުއްޓެވެ. މިފަދަ ބައެއް ހާދިސާތަކުގައި ސިޔާސީ އިސް ބޭފުޅުންނަށް އަމާޒުކޮށް އެކި ހަމަލާތައް ދޭކަން ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ