މެޑޯނާއަށް  އައިސީޔޫގައި ފަރުވާ ދީފި

މެޑޯނާއަށް އައިސީޔޫގައި ފަރުވާ ދީފި

Author
ފާތިމަތު ނާވީ
01 ޖުލައި 2023 03:37
0

އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާއަށް ދިމާވި ސީރިއަސް ޖަރާސީމު އިންފެކްޝަނަކާ ހެދި ސިއްހީ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދީފި އެވެ.

އޭނަގެ މެނޭޖަރު ގާއި އީސީރީ އިންސްޓަގްރާމްގައި ބުނީ 64 އަހަރުގެ ފަންނާނު އައިސީޔޫގައި އެޑްމިޓްކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި މެޑޯނާ އަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށާއި، ހާލު މުޅިން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އަދިވެސް އޭނަ އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށް ބުންޏެވެ.

އޭނާ އަށް ސީރިއަސް ބައްޔެއް ކަމަށްވާ ނިއުމޯނިއާ ޖެހި ކުޑަކަމުދާ ނިޒާމަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ވެސް ބައައް ނޫސްތަކުން ބުނެފައިވެ އެވެ. ފަރުވާ ކުރަމުން އަންނަ އިރުގައި އޭނާގެ ހާލުވެސް ވަރަށް ބޮޑުތަށް މިހާރު ވަނީ ރަނގަޅުވެފައި ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Guy Oseary (@guyoseary)

މިއާއެކު އޭނާގެ ކުރިއަށް އޮތް "މެޑޯނާ: ސެލެބްރޭޝަން ވޯލްޑް ޓުއާ" ވެސް ވަނީ ފަސްކޮށްފަ އެވެ. ހަ ދަރިން ތިބި މެޑޯނާގެ 84 ޝޯގެ 'ސެލެބްރޭޝަން ޓުއާ' ފަށަން އޮތީ އަންނަ މަހުގެ 15 ގައި ކެނެޑާގެ ވެންކޫވާ އިންނެވެ. އަދި އެ ޓުއާ ނިންމާލަން ހަމަޖެއްސީ 6 ޑިސެމްބަރުގައި ލަންޑަނުގަ އެވެ. މިއީ މެޑޯނާގެ އެންމެ ހިޓް ލަވަތަކަށް ހާއްސަކޮށްގެން ޓުއާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

64 އަހަރުގެ މެޑޯނާ ވަނީ ކަކުލަށް ލިބުނު އަނިޔާއަކާއެކު 2019 ވަނަ އަހަރު ވެސް އޭނާގެ ކޮންސެޓެއް ކެންސަލް ކޮށްފަ އެވެ. މެޑޯނާގެ އެންނެ ފަހުން ނެރުނު އަލްބަމަކީ 2019 ގެ "މެޑަމް އެކްސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.