ފަރެސްމާތޮޑާ ޕީޕީޕީއެމްގެ މައި ދެ ތަނބު އެމްޑީޕީއަށް!

ފަރެސްމާތޮޑާ ޕީޕީޕީއެމްގެ މައި ދެ ތަނބު އެމްޑީޕީއަށް!

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 11:43
0

އިިދިކޮޅު ޕްރިގްރެސިވް ކޯލިޝަންގެ ފަރެސްމާތޮޑާގައި އެންމެ އިސްކޮށް ހަރަކާތެރިވާ ދެބޭފުޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް މީހުން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ޢީދު ބަންދާއި ދިމާކޮސް ފަރެސް މާތޮޑާއިގައި ކުރިއަށްދިޔަ ހަރަކާތުގައި އެރަށުގެ ޕީޕީއެމްގެ ނަގާކިޔާ އެންމެ އިސް ދެބޭފުޅުން ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

އެމްޑީޕީއާއި މިދެބޭފުޅުން ފުޅުމުން، އެދާއިރާ ތަމްސީލް ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޕީޕީއެމްގެ ފަރެސްމާތޮޑާ ރޫޚުގެ ގޮތުގައި ފާހަގަވާ ވަހީދުބެ އަދި މުފީދާއްތަ ޕީޕީއެމްއާއި ވަކި ވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށެވެ. އޭނާ ވަނީ އެބޭފުޅުންނަށް އިތުރު ކާމިޔާބަށް އެދިފައެވެ.

ޕީޕީއެމްގެ ރޫޚުގެ ގޮތުގައި ޒަމާން ތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި ވަހީދުބެ އަދި މުފީދާއްތަ އަދި ޒުވާނުން ކޮޅު ޕާޓީއާއި ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް. ކާމިޔާބަަށް އެދެން.

– ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމެވެ. މިކަން ކުރުމަށްޓަކައި އެޕާޓީން އަމާޒު ހިފާފައިވަނީ މެމްބަރުންގެ އަދަދު އެއްލައްކައަށް އެރުވުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯމު ފުރުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، މިފެށޭ ހަފްތާގަިއ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހަމެދް
އެމްޑީޕީ ސަާރުން އެންމެ ގިނަ ކަންތައް ކޮށް ދެވޭ އެއް ރަށް، ދާއިރާގައި ކަނޑު ކޮސް މެމްބަރަކު ހުއްޓަސް އެންމެން އެފަދަ ގަމާރު ބަޔަކަށްވެގެން ނުވާނެ. ހެޔޮ ވިސްނޭ މީހުން ދާއިރާގައި ގިންވެގެން ކުރިމަގު ބޮޑަށްވެސް ރަގަޅުވާނެ. އެންމެން މާލެ އަންނަން ގޮވާލާ ސިޔާސަތަކަށް ހެޔޮވިސްނޭ ރަށެއްގެ އެކަކުވެސް ތާއީދެއް ނުކުރާނެ. ރާއްޖޭގެ މާދަމާއަށް ރާއްޖެތެރޭ އެންމެން ވިސްނުން ވަރަށް މުހިއްމު. މިފަދަ ފުރްޞަތެއް ލިބޭނީ މަދުން.