ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދިޔަ ހ.މަކުނުދޫ ޢަލީ ޢާމިރު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވެފައި ވަނީ ހދ. މަކުނުދޫ ކެނެރީގެ އަލީ އާމިރެވެ. އޭނާއަކީ ވޮއްމުލި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.
އަލީ އާމިރަކީ 12 އަހަރު ވަންދެން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށެވެ. އެކަމަކު، 2016 ވަނަ އަހަރު އޭނާ ވަނީ ފުލުހުންގެ ވަޒީފާ ދޫކޮށްލައި، ރާއްޖޭގެ މަޝްހޫރު އެއް ރިސޯޓު ކަމަށްވާ ވޮއްމުލި ރިސޯޓާ ގުޅިފައެވެ.
އަލީ އާމިރަކީ އެންމެންނާ ގުޅޭ ވަރަށް މަޖާ އަހުލާގު ރަނގަޅު މީހެކެވެ. އަލީ އާމިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
إنا لله وإنا إليه راجعون
May Allah bless and comfort his family during this time of grief. Please accept my sincere condolences. pic.twitter.com/TslBSk6F1k
— Mohamed Raee / Makunudhoo Constituency (@Mraee12) July 1, 2023
އޭނާ ނިޔާވި އިރު، އޭނާގެ އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިބިއެވެ. އަލީ އާމިރުގެ ވަކިވުމާއެކު މަކުނުދޫ އާއި ވޮއްމުލި ރިސޯޓަށް ވެސް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.
މިހިތާމަވެރި ދަނޑިވަޅުގައި ޚަބަރު އޮންލައިގެން ފަރާތުންވެސް މަރުހޫމްގެ ފުނާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވައިި ޢާއިލާއަށް ކެންތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ