ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި އޭނަގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކީގައި ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ކުރަން ފެށީ މިދިއަ ހަފްތާއިން ފެށިގެންނެވެ.
ޝާހްރުކްގެ ފިލްމު ދެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނަގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްކްލިސް ގުޅިގެން ހަދަން ހަމަޖެހިފައިވާ މި ފިލްމް އަކީ އެކްޝަން ތްރިއްލާ އެއް ކަމަށް ފަހުގެ ހަބަރުތަށް މިހާރު އަންނަނީ ބުނަމުންނެވެ.
މި ފިލްމު ޑައިރެކްޓް ވެސް ކުރާނީ ސިދާތު ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނާގޮތުގައި އެ ފިލްމު ޑައިރެކްޓްކުރާނީ ސުޖޯއި އެވެ. އޭނަ އަކީ ޝާހްރުކް ޕްރޮޑިއުސްކުރި 2019 ގެ "ބަދުލާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. އެ ފިލްމު ކުޅުނީ އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫ އެވެ.
މި ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އަދި އެއްވެސް ރައްމީ ފަރާތަކުން އެއްޗެއް ބުނެފައިއެއް ނުވެއެވެ. އެހެން ކަމުން ފިލްމް އާއި ގުޅޭ ގޮތުން މާގިނަ މައުލޫމާތެއް އަދި ނުލިބެއެވެ.
މައުލުމާތު ލިބޭ ގޮތުގައި ޝާހްރުކާއި ސުހާނާގެ ފިލްމުގެ މަސައްކަތް ފަށާނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާ ޝާހްރުކްގެ "ޑަންކީ" ގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހުއެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރުގަ އެވެ.
ސުހާނާ އަށް އެކްޝަން ފިލްމް އެއް ލިބުން އިރުގައި އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދި އާޗީސް" އަދި ރިލީޒް ވެސް ނުކުރެއެވެ. މި ފިލްމް އަކި ގިނަ ސްޓާކިޑުން ތަކެއް ބޮލީވުޑް އަށް ތއާރަފްވާ ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ